އެޗްޕީއޭއިން އާއްމު ކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު، މަޑަވެލި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މިއާއި އެކު އެރަށަށް އެޗްޕީއޭގެ ހުއްދަ ނުހޯދާ އަރާފޭބުން މަނާވެގެން ދާނެއެވެ.
މަޑަވެލި މިއަދުގެ ވަގުތެއްގައި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ގދ. ތިނަދޫވެސް ވަނީ ރޭގެ ވަގުތެއްގައި މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، އިއްޔެ އެކަނިވެސް އެރަށުން 50 މީހުން ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. މިއީ އެރަށުން އެއް ދުވަހެއް ތެރޭ ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސްވެސް މެއެވެ.
ތިނަދޫގެ އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތިނަދޫން މިހާރު 1,313 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 118 މީހުން އެބަތިއްބެވެ.
ރާއްޖޭގެ ގިނަ ރައްތަކެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، އިއްޔެ އެކަނިވެސް ރާއްޖެއިން އިތުރު 2484 މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އޭގެތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ރަށްތަކުން 728 މީހަކާއި، މާލެ ސަރަހައްދުން 1268 މީހުންނާއި، ރިސޯޓުތަކުން 81 މީހެއްގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރުއުޅެމުންދާ ދިވެހިންގެ ތެރެއިން ތިން މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ކޮވިޑް-19 ގެ ސަބަބުން މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ރައްތަށް: