ads
ރައީސް ސާލިހު ރިޔާސީ ބަޔާން ދެއްވަނީ:-
ފެބްރުއަރީ 3 ވަނަދުވަހު ރައީސް ސޯލިހުގެ 4ވަނަ ރިޔާސީ ބަޔާން! އެދުވަސް ސަރުކާރު ބަންދު!
އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ނިންމައިފިއެވެ.

ރައީސް އޮފީހުން ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި މިވަނީ، އެދުވަހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަށް ވުމުންނެވެ. 

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ މާލަމުގައެވެ. 

މިއީ ރައީސް ސޯލިހު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވަވާ ހަތަރު ވަނަ އަހަރެވެ. 

ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އިއްވަވާ ރިޔާސީ ބަޔާނުގައި އަހަރު ތެރޭ ސަރުކާރުން ކުރަން ނިންމަވާފައިވާ ކަންކަމާއި، ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް މަޖިލީހުގެ ތަޅުުމުގައި އިއްވަން ޖެހޭނެއެވެ. އަދި ރައީސް އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ތިއްބަވާ އިދިކޮޅު ޕާޓީއިން ޖަވާބުދާރީ ވާންވެސް ޖެހޭނެއެވެ. 

މިދިޔަ އަހަރު ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވި ދުވަހު އިދިކޮޅު ޕީޕީއެމް އިން ވަނީ މަޖިލީހުގައި ހިމޭން އިހްތިޖާޖެއް ކޮށްފައެވެ. އެހެން ނަމަވެސް މި އަހަރު އިއްވަވާ ރިޔާސީ ބަޔާނާއި ދިމާކޮށް އަދި އިހްތިޖާޖެއް ކުރުމަށް ވިސްނާފައި ނުވާކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް