ads
އޭސީސީގެ މެމްބަރުން ކޮމިޓީގައި ވާހަކަ ދައްކަވަނީ
ކޮރަޕްޝަން އިންޑެކްސްއިން ރާއްޖެ 10 ގިންތި ދަށަށް ވެއްޓިއްޖެ
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)އިން މިދިޔަ އަހަރު ރާއްޖެ 10 ގިންތި ދަށަށް ވެއްޓިއްޖެ އެވެ.

ސީޕީއައި އަކީ 180 ގައުމުގައި ސަރުކާރުތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ ވަރު ބެލުމަށް ހަދާފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޕޮއިންޓް ދޭ އިންޑެކްސް އެކެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ ސީޕީއައި އިން ރާއްޖެ އަށް ލިބުނީ 43 ޕޮއިންޓެވެ. އެއީ ގައުމުތަކުގެ ތެރެއިން 75 ވަނަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ރާއްޖެ އޮތީ 40 ޕޮއިންޓާއެކު 85 ވަނައަށް ވެއްޓިފައެވެ. 

މިކަން ފާހަގަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނީ، ސީޕީއައިގެ ނަތީޖާ އިން ރާއްޖެ ތިން ޕޮއިންޓް ދަށަށް ވެއްޓި، 10 ގިންތި ދަށަށް ރާއްޖެ ވެއްޓުމުން ދޭހަވަނީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ކުރިއެރުން އައި ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް އަމަލުކުރުމާއި ތަންފީޒު ކުރުމުގައި އަދިވެސް ފަހަތު ފަޔަށް ބުރަވާކަން ކަމަށެވެ. 

ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ގޯސްވަމުންދާކަން ބައިނަލް އަގުވާމީ މިންގަނޑުތަކުން ފާހަގަކުރިއިރު މި ސަރުކާރުގެ ފުރަތަމަ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ "ޒީރޯ ޓޮލެރެންސް ޓު ކޮަރަޕްޝަން" އެވެ. 

ކޮރަޕްޝަންގެ މައްސަލަތައް ފަސޭހައިން ރިޕޯޓް ކުރުމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހާއްސަ އޮންލައިން ޕޯޓަލެއްވެސް ގާއިމުކޮށްފައިވެއެވެ. ނަމަވެސް ކޮރަޕްޝަންގެ އަމަލުތައް ފެންނަ މިންވަރު މަދު ނުވާކަމުގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް އެމްޑީޕީގެ ބޮޑު މެޖޯރިޓީ އޮންނަ މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން ވެސް މިއަދު ވުޖޫދުގައި ނެތެވެ.   

ޓްރާންސްޕޭރެންސީ މިއަދު ވަނީ ކޮރަޕްޝަން މަދުކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ސަރުކާރަށް ގޮވާލައި އެކަމަށްޓަކައި ސަރުކާރަަށް ކުރެވިދާނެ ކަންކަން ވެސް ހުށަހަޅާފަ އެވެ.

ޓްރާންސްޕޭރެންސީން ސަރުކާރަށް ހުށަހަޅާފައިވާ ކަަންކަން

  • ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރި ކުރުން
  • މުހިއްމު މައުލޫމާތުތައް ވަގުތުން ވަގުތަށް ރައްޔިތުންނާއި ހިއްސާ ކުރުން
  • މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރާއިރު ހާމަކަން ބޮޑުކުރުން އަދި މައްސަލަަތައް އަވަހަށް ތަހުގީގުކޮށް ދައުވާކުރެވޭނެ ގާބިލުކަން އިތުރު ކުރުން
  • އެސެޓް ޑިކްލަރޭޝަން ނިޒާމު ވަރުގަދަ ކުރުން 
  • ސިޔާސީ މީހުންނާއި ސަރުކާރު މުވައްޒަފުން ޒިންމާދާރުކުރުން
  • ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ހުއްޓުމަކަށް ގެނައުން
  • އޭސީސީއަށް ވީހާ ވެސް އަވަހަށް އާ މެމްބަރުން އައްޔަންކުރުން
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް