ads
ފެމިލީ ކޯޓުގެ ބޭރު----
މިދިޔަ އަހަރު 2399 މީހުން ކައިވެނި ކުރި ނަމަވެސް 1000ވުރެ ގިނަ މީހުން ވަރިވި!
މިދިޔަ އަހަރު ފެމިލީ ކޯޓުން 2000އަށްވުރެ ގިނަ ކައިވެނި ކޮށްދިން އިރު އެމުއްދަތުގައި 1000އަށްވުރެ ގިނަ މީހުން ވަނީ ވަރިވެފައި ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2021ވަނަ އަހަރު އެ ކޯޓުގައި 2،399 ކައިވެނި ކުރިއިރު، 1،192 މީހެއްގެ ވަރި އެ މުއްދަތުގައި ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވެއެވެ. 

އަދި 2،400 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ފެމިލީ ކޯޓަށް ހުށަހަޅާފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރުގެ މައްސަލަތައް ހިމެނޭ ގޮތުން 2،615 މައްސަލައެއް މިދިޔަ އަހަރު ކޯޓުން ވަނީ ނިންމާފައެވެ.

އޭގެތެރެއިން 2021 ވަނަ އަހަރު ދަރިންގެ ހަރަދުގެ ގޮތުގައި 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކޯޓުން ނަގައިދިީފައިވާއިރު، އިއްދައިގެ ހަރަދުގެ ގޮތުގައި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދީފައިވެއެވެ.

ރާއްޖެ އިން ބޭރުގައި ކުރި ކައިވެނިތަކުގެ ތެރެއިން 2020ވަނަ އަހަރު ހިމެނޭ ގޮތަށް ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކައިވެނިތަކުގެ ތެރެއިން 2021 ވަނަ އަހަރު ނިމުނުއިރު 92 ކައިވެންޏެއް ރަޖިސްޓްރީކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް