ads
ޖުޑިޝަރީ ކޮމެޓީ ބައްދަލުވުން---
އެތައް އަހަރެއް ފަހުން ޝަރީއަތްތަށް ލަސްވާކަން ޖުޑިޝަރީ ކޮމިޓީއަށް އެނގިއްޖެ
ދަށު ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ލަސްވާ މައްސަލަ އެތައް އަހަރުތަކެއް ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އެނގި އެމައްސަލަ ބެލުމަށް ކޮމިޓީއިން ނިންމައިފިއެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) ވިދާޅުވީ އެ މައްސަލަ ބަލަން ފެށީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ލަސްވާ ކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަތީ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ތާވަލްކޮށް ކުރިއަށް ގެންދާ ގޮތާ މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުން ތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޖިނާއީ ޝަރީއަތެއް ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވީ ނަމަވެސް، ބައެއް ދަށު ކޯޓުތަކުން މައްސަލަ ނިންމުމަށް އަހަރެއްހާ ދުވަސް ނަގާ ކަމަށް އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން ޖުޑިޝަރީ ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ލަސްވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ކޯޓުތަކުން މައްސަލަތައް ކުރިއަށް ގެންދާ ސްޕީޑް ބާރު ނުކުރާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި މަޖިލީސް ދެން ހުޅުވުމުން އެކަމާއި ގުޅުން ހުރި އިދާރާތައް ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައި ވާކަމަށްވެސް ސިރާޖު ވިދާޅުވިއެވެ. 

އެކޮމިޓީއިން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕޮލިސް ބޯޑާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުން ހާޒިރުކޮށް ތަހުގީގު ކުރުމަށް ހުށަހަޅުއްވާފަ އެވެ. އަދި ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން އެގޮތަށް ވަނީ ފާސްކޮށްފައެވެ. 

ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެތައް އަހަރު ތަކެއް ވެގެން ދާއިރުވެސް ކުރިއަށް ނުގެންގޮސް ހުރުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތްތަކުން އަންނަނީ އެކަމާއި މެދު ނުރުހުން ފާޅު ކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން އެތައް އަހަރުތަކެއް ބޭކާރު ވެގެން ދާކަމަށްވެސް އެފަރާތް ތަކުން އަންނަނީ ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް