ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މިބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 11:00 ޖަހާއިރު މަޖިލިސް ކުރާ ގޭގައި ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މިބައްދަލުވުމުގައި ރަށްތައް ގިރަމުންދާ މައްސަލައިގައި ކޮމިޓީގެ މެންބަރުން މަޝްވަރާކުރުމަށްފަހު މިމައްސަލައިގައި ފިޔަވަޅުތަކެއް އެޅުމަށް ގޮތްތަކެއް ނިންމާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ނ، ރ، ބ، ގއ. އަދި ގދ އަތޮޅުގެ ރަށްތަކަށެވެ.
ރަށްތައް ގިރަމުންދާ މައްސަލައިގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ރަށް ގިރުމުގެ މައްސަލަތައް ވަރަށް ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާތީ އެމައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.