ads
ފޮޓޯ: ޕީއެސްއެމް ނިއުސް
ކޮވިޑް-19: ތުޅާދޫވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި
ބ. ތުޅާދޫ ހިމެނޭހެން ރާއްޖޭގެ 34 ރަށެއް މިވަގުތު ކޮވިޑް-19 ގެ ސަބަބުން މޮނީޓަރިންގެ ހާލަތުގައި ވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ގޮތުގައި ތުޅާދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، މިއަދުގެ 14:44 ގައެވެ. މިހާރުވަނީ އެރަށަށް އެޗްޕީއޭގެ ހުއްދަ ނެތި އަރާފޭބުން މަނާ ކޮށްފަ އެވެ. އަދި އެރަށަށް ދާ ނަމަ 72 ގަޑިއިރު ނުވާ ނެގެޓިވް ކޮވިޑް ޓެސްޓު ރިޕޯޓް ހުށައަޅަން ޖެހޭނެއެވެ. 

ތުޅާދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ، އެރަށުގެ ފްލޫ ކްލިނިކްގެ އިތުރުން ރެންޑަމް ސާމްޕަލް ތަކެއް ބައްޔަށް ޕޮޒިޓިވް ވުމުންނެވެ. 

އެގޮތުން މިއަދު އެކަނި ވެސް އެރަށުން 38 މީހުން ބައްޔަށް ޕޮޒިޓިވްވެ ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 75 އަށް އަރާފައެވެ. 

ފަހަކަށް އައިސް ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރު ވަމުންނެވެ. އެގޮތުން، މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 133،288 އަށް އަރާފައި ވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 17،732 އަށް އަރާފައެވެ. 

މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ރައްތަށް:

1 ކ. މާފުށި

2 ހއ. އިހަވަންދޫ

3 ހދ. ނޮޅިވަރަންފަރު

4 ށ. ފުނަދޫ

5 ބ. ދަރަވަންދޫ

6 ދ. ބަނޑިދޫ

7 ލ. ގަން

8 ގދ. ގައްދޫ

9 ރ. އުނގޫފާރު

10 ހދ. ހަނިމާދޫ

11 ކ. ގުރައިދޫ

12 ބ. އޭދަފުށި

13 ހއ. ދިއްދޫ

14 ތ. ގުރައިދޫ

15 ބ. ގޮއިދޫ

16 ޅ. ކުރެންދޫ

17 ހދ. ކުޅުދުއްފުށި

18 ލ. ދަނބިދޫ

19 ލ. ހިތަދޫ

20 ށ. ކަނޑިތީމު

21 ވ. ކެޔޮދޫ

22 ނ. ކުޑަފަރި

23 ގދ. ތިނަދޫ

24 ގދ. މަޑަވެލި

25 އދ. މަހިބަދޫ

26 ދ. ކުޑަހުވަދޫ

27 ދ. ހުޅުދެލި

28 ގދ. ވާދޫ

29 ށ. މިލަންދޫ

30 ގއ. ކޮލަމާފުށި

31 ނ. މާޅެންދޫ

32 ބ. ކެންދޫ

33 ރ. ކިނޮޅަސް

34 ބ. ތުޅާދޫ

ތިން ވަނަ ރާޅާއެކު ކޮވިޑު ފެތުރުން އިންތިހާއަށް ގޮސްފައިވާއިރު ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ 274 އަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް