ads
ނަޝީދު ރިޔާސަތުގައި ؛ ފޮޓޯ މަޖިލިސް
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވައި ދިނުމަށް އެދި 241 ކޮމިޓީއަށް ހުށަހަޅައިފި
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މީހުން ރާއްޖެއިން ބޭލުމަށް ސަރުކާރަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
Advertisement

އެ ކޮމިޓީގެ މުގައްރިރު، އަދި އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ހިންގަވަމުން ގެންދަވާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ އެކުވެރިކަމަށް ހީނަރުކަން ކުރިމަތި ވެދާނެ ކަމުގެ ބިރު ހީވާން ފަށާފައި ވާކަމަށާއި، ރައީސް ޔާމީން އިސްވެ ހުންނަވާ ހިންގަވަމުން ގެންދަވާ ކެމްޕެއިނަކީ، ތަހުޒީބީ އެއްވެސް ގައުމަކުން ބަލައިގަންނާނެ އަމަލެއް ނޫން ކަމަށްވެސް ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން އިންޑިއާގައި ތިބި އެތައް ދިވެހިންނަކަށް އޭގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ 241 ގެ މުގައްރިރަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައެވެ. 

މިފަދަ ސިޓީއެއް ރައީސް ނަޝީދު ފޮނުއްވާފައި ވާއިރު، އެމަނިކުފާނުގެ ޕާޓީން ގެންދަނީ، އިންޑީއާ އައުޓް ގޮވާ ފަރާތްތަކުގެ އަޑު ކަނޑުވާލާ، ޖަލު ބަންދަށް ދާންޖެހިދާނެ ފަދަ އަދަބުތަކެއް ލިބޭ ބިލެއް މަޖިލީހަށް ހުށަހޅުމަށް ތައްޔާރު ވަމުންނެވެ. 

އިންޑިއާ އައުޓް ހަރަކާތަކީ، ސިޔާސީ އެއްވެސް މަންފާއެއް ހޯދުމަށް ކުރަމުން ގެންދާ ހަރަކާތެއް ނޫން ކަމަށާއި، އެ ހަރަކާތަކީ، ރާއްޖޭގެ މިނިވަންކަން ބަޔަކު ނިގުޅައިގަތުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ހިންގާ ގައުމީ ހަރަކާތެއް ކަމަށް، ރައީސް ޔާމީންގެ އިތުރުން އެމަނިކުފާނުގެ ޕާޓީން އަންނަނީ ތަކުރާރު ކޮށް ބުނަމުންނެވެ. 

އަދި ބަޔަކު ކިތައްމެ އިންޒާރެއް ނުވަތަ އަދަބެއް ދިނަސް މިހަރަކާތް ހުއްޓާ ނުލާނެ ކަމަށާއި، ސަރުކާރުން މި ހަރަކާތް ހުއްޓުވަން އުޅެނީ، ސީދާ އިންޑިއާގެ އޯޑަރަށް ކަމަށްވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް