ads
ކުޑަކުދިން ގެ ހިޔާ
މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކޮށްގެން 104 މައްސަލަ ހުށަހަޅައިފި
ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 104 މައްސަލައެއް މިދިޔަ ޑިސެމްބަރު މަހު ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތައް ކަމާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރު ބާވަތްތަކުގެ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 23 މައްސަލައާއި، ގެވެށި އަނިޔާގެ 20 މައްސަލައެއް ހިމެނެއެވެ. 

މީގެ އިތުރުން  ޖިސްމާނީ ހާނީއްކައިގެ 16 މައްސަލަ، ނަފްސާނީ ހާނީއްކައިގެ އަށް މައްސަލަ، އެކްސްޕްލޮއިޓޭޝަންގެ ހަ މައްސަލަ، ބުލީކުރުމުގެ ދެ މައްސަލަ، އަދި ސައިބަ ބުލީން ޝިކާރައަކަށް ވުމުގެ އެއް މައްސަލަގެ އިތުރުން  ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ އެއް މައްސަލަ ހިމެނެއެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 24 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އަދި ހައްޔަރު ކުރުމުގެ 10 މައްސަލަ އާއި، ބެލެނިވެރިކަމުގެ ހަތް މައްސަލަ ހިމެނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 208 ކުދިން އެބަތިކަމަށް ޖެންޑަ މިިނިސްޓްރީން ބުނެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް