ads
އަދުހަމް މުހައްމަދު
އަދުހަމަށް އަހަރަކަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި
ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގޭ، އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން ކުރިން ދައުވާ ކޮށްފައިވާ މައްސަލައެއް ސާބިތުވެ އޭނާ އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
Advertisement

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގޭ، އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން ކުރިން ދައުވާ ކޮށްފައިވާ މައްސަލައެއް ސާބިތުވެ އޭނާ އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

އަދުހަމުގެ މައްޗަށް ސާބިތުވެފައިވަނީ ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ތިމާގެ ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ. 

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އިއްވެވި ހުކުމްގައި ބުނެފައިވަނީ އަދްހަމުގެ މައްޗަށް ކުށް ސާބިތުވާތީ އޭނާ އެއް އަހަރާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.

އަދުހަމުގެ މައްޗަށް ސާބިތުވި ދައުވާ އުފުލާފައިވަނީ 25 އޯގަސްޓް 2016 ވަނަ ދުވަހުގެ ރޭ ރަށްދެބައިމަގުގައި ހިންގާ ޑްރީމް ގެސްޓްހައުސް ކުރިމަތީގައި ހުރި ސައިކަލެއް އެހެން މީހަކު މެދުވެރިކޮށް ހުޅުމާލެއަށް ގެންދިއުމާ ގުޅިގެންނެވެ. މިދައުވާ އަށް އޭނާ ވަނީ އިއުތިރާފްވެފަ އެވެ. 

އަދުހަމްގެ މައްޗަށް ދައުލަތުން ދައުވާކުރި މައްސަލައެއްގައި ހަތަރު ފަހުން ހުކުމްކުރި އިރު ގާސިމް މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. 

ފުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި އަދުހަމަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީގެ އިތުރުން އެހެން ބައެއް މައްސަލަތަކުގެ ރެކޯޑް ވެސް އޮންނަ މީހެއް ކަމަށެވެ. 

ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް