ads
މާލެ މަގުމަތި.....
"ބަރު ގޮނު އެޅުން" ބޮޑުވެފައިވާ އުނދަގުލެއް!
ބަރު ގޮނު އެޅުން މީ މިހާރު ގިނަ ބަޔަކަށް ވެފައި ވާ ބޮޑު އުނދަގުލެކެވެ. ގިނަ ފަހަރަށް މިހާރު ސިކުންތަަކަށް ވެސް މަގުގައި ކުރިއަށް ނުދެވި މަޑު ކުރަަން ޖެހިއްޖެ ނަމަ ބަރު ގޮނު އަޅާ ނުލާ ހިތެއް ނުފުރެ އެވެ. ބައެއް ފަހަރު ޖެއްސުމަށް ވެސް މިކަން ބައެއް މީހުން ކޮށް ހަދައެެވެ. އެކަކު ފެށުމުން ދެން ތިބޭ މީހުން ވެސް ބަރުގޮނު އަޅަން ފަށާ ފަހަރު ވެސް އާދެއެވެ. ހިތުން ވަރަށް މޮޅުކަމެކެވެ
Advertisement

ބަރު ގޮނު އަޅާއިރު ކުރިމަތި ބަނދުވެފައި އޮތީ ކިހިނެތް ވެފަތޯ ބަލާލަނީ ކިތަށް މީހުން ހެއްޔެވެ. ހައްދަވައިގެން ކަމަކާ ނުލައި ބަޔަކު މީހުން މަގު ބަންދުކޮށްގެން ނޫޅޭނެ އެވެ. އަޅުގަނޑަށް ދިމާވި ހާދިސާއެއް ތި ހުރިހާ ފަރާތަކާ ހިއްސާ ކޮށްލާނަމެވެ. މާލެ އަކީ ތޮއްޖެހިފައި ވާ ތަނެެކެވެ. މަގުތައް ވެސް އެހާ ހަންޏެ އެވެ.

އަޅުގަނޑުވެސް ދިޔައީ ރައްޓެއްސަކާ އެކުގައި ތާކަށް ދާށެވެ. އަޅުގަނޑުގެެމެންގެ ކުރީގައި ކާރެއް އޮތެއެވެ. ކާރު އޮތުމުގެ ސަބަބުން އަޅުގަނޑުވެސް އަދި ދެން ތިބި މީހުން ވެސް ތިބީ ކުރިއަށް ނުދެވިފައެވެ، މަގު ވެސް އެހާ ހަންޏެވެ. ކާރުގެ ފަހަތުގައި އަޅުގަނޑުމެން ތިބުމުން ކާރުން ފައިބަން އުޅުނު މީހާގެ ހާލު ވަރަށް ރަނގަޅަށް އެނގެއެވެ. މީހަކީ ނުހިންގޭ މީހެކެއެވެ. އެހެން ނަމަވެސް ފަހަތުން އައި ޒުވާން ދެ ސޮރަކު ބަލާލުމެށް ނެތި ހުއްޓާނުލާ ބަރު ގޮނު އަޅަމުން ދިޔައެވެ. 

ކާރުން ފައިބަން އުޅުނު މީހާ ބަރުގޮނު އަޅަން ފެށުމުން އަވަހަށް ފައިބަންވެގެން އެހީތެރިޔާގެ ގައިގާ ހިފާ އަވަަހަށް ދުއްވާ ގޮނޑީގައި އިށީދެވޭތޯ އުޅުނެވެ. އަވަހަށް ތަންދެއްކުމަށް ކަން އަޅުގަނޑަށް ވެސް އެނގުނެ އެވެ. އަޅުގަނޑުގެވެސް ކަންފަތަށް އުނދަގޫވެގެން ފަސް އެނބުރި ބަލާލީމެ އެވެ. ހިތަށް އެރި އެވެ. އެއްވެސް ކަހަލަ އަހުލާގެއް އުޅުމެށް ނެތެެވެ. އަޅުގަނޑާއެކު ދެން ތިބި މީހުން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރާނީ ވެސް ކީންހެއްޔެވެ. މީ ގައުމުގެ ހާލަތެ އެވެ. 

މާދަމާ ތިމާމީހާގެ މަންމަ ނުވަތަ ބައްޕަ ނޫނީ އާއިލާގެ މީހަކު ގޮވައިގެން ކާރުން ފައިބަނިކޮން ފަހަތުގައި އޮވެގެން ބަޔަކު ބަރުގޮނު އަޅާ ނަމަ ވާނެ އިހުސާސް ނޭނގެނީ ބާއްވަ އެވެ. އެދުވަހުން ވަރަށް ރުޅި ވެސް އަންނާނެ އެވެ. އުނދަގޫ ވެސް ވާނެ އެވެ. އިއްޔެ ތިމާމީހާގެ ފަރާތުން ވެސް ބަޔަކަށް އުނދަގުލެއް ކުރިމަތި ވިޔޭ ހިތައް އަރާނެބާއެވެ. 

ބަރުގޮނު ވެސް އަޅަން ވަކި ހަމަތަކަކާ އުސޫލެއް އޮވެއެވެ. އެކަމަކު މީހަކަށް ނުވަތަ ބަޔަކަށް އުނދަގުލެއް ނުކޮށްލާ މިހާރުގެ ކުދިއްނަށް ހިތައް ފިނިކަމެއް ނުލިބެ އެވެ. މި މާލޭގައި ހަމަ އެކަނި އުޅެނީ ތި ކުދިން އެކަންޏެއް ނޫނެވެ. އެހެން މީހުން ވެސް ދިރިއުޅެ އެވެ. ކަމެއް ކުރާއިރު ދެން ތިބޭ މީހުންނަށް ވެސް ވިސްނާލުން މުހިންމެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް