ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ސާވިސް ނެޓްފްލިކްސް އިން ވަނީ މި ފީޗާ ވެބް، މޯބައިލް އަދި ޓީވީ އެޕްތަކަށް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން ބަލަން ފަށާފައި ކަމުނުދިޔުމުން ނުނިންމި ހުރި ފިލްމުތަކާއި ސީރީޒްތައް މިހާރު އިތުރަށް ބަލަން ބޭނުންނުވާ ނަމަ ހޯމް ޕޭޖުން ދުއްވާލެވޭނެ އެވެ.
ފިލްމެއް ނުވަތަ ސީރީޒްއެއް ރިމޫވް ކުރުމަށް ކޮންޓިނިއު ވޮޗިން އިން ސެލެކްޓް ކޮށްލާށެވެ. އެއަށް ފަހު ތިރިއަށް ސްކްރޯލް ކޮށްލުމުން "ރިމޫވް ފްރޮމް ކޮންޓިނިއު ވޮޗިން" ފީޗާ ފެންނާނެ އެވެ. ބޭނުން ނަމަ މި ފީޗާ އަންޑޫ ވެސް ކުރެވޭނެ އެވެ. މި ފީޗާ ތައާރަފުކޮށް ނެޓްފްލިކްސް އިން ކުރި އިއުލާނުގައި ބުނެފައިވަނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްގޮތް ހޯދާ ދިނުމަށް ކަމަށެވެ.