ads
ޕީޕީއެމް ޕީއެންސީ ކޯލިޝަން
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ޕީޕީއެމް އިން ބޮއިކޮޓް ކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެއްވެސް މެމްބަރެއް ބައިވެރި ނުވާނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
Advertisement

އެ ކޯލިޝަންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޖުޑިޝަރީއަށް އަތްބާނާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށްދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.  

އަދި ރައީސް ޔާމީނަށް ޓާގެޓްކޮށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައްމިވަނީ ވަރަށްބޮޑަށް  އިތުރުވެފައި ކަމަށާއި، މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުންވަނީ އެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައި ކަމަށެވެ. 

"ހަމައެއާއެކު އިންތިހާބެއް ބޯމަތިވެފައި އޮތްއިރު، ސަރުކާރުންދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން. މިހާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން މިވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ. އަދި ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން އެ މުއައްސަސާވަނީ ހައިޖެކް ކޮށްފަ. ކޮރަޕްޝަނާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ މި ސަރުކާރުގެ ހުދު މުހުތާރުކަމާއި ޑިމޮކްރެސީއާއި ބީރައްޓެހިކަން ހާމަވެގެންދާ ކަމެއް." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މިސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އެކިއެކި ގޮތްނޭނގޭ އެއްބަސްވުންތަކުގެ ދަށުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލިފައިވާއިރު، ރައީސް ޔާމީން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލާ ހިންގާ އިންޑިއާ އައުޓް ކެޕްމެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރުވެ، މިކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާއީ ދައުވާކޮށް ޖަލަށްލުމަށް ގާނޫނު ފާސްކުރަން ނިންމާފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިޔާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"އެހެންކަމުން ހުދުމުހުތާރު، ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި، އިހްތިޖާޖު ކުރުމުގެ ގޮތުން ކޯލިޝަނުން ބައިވެރިނުވާން ވަނީ ނިންމާފަ." ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ޖަލްސާ ބޮއިކޮޓް ކުރިނަމަވެސް ގާނޫނު އަސާސީ ބުނާގޮތުން، މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެޕާޓީން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވާންޖެހޭނެއެވެ. 

ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 09:00 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް