ads
ފޮޓޯ: ދަ ގާޑިއަން
އިޓަލީ ވިލާތުގެ ސިނަމާތަކުގެ ރާނީ މޮނިކާ 90 އަހަރުގައި މަރު ވެއްޖެ
އިޓަލީ ވިލާތުގެ ގިނަ ބައެއްގެ މަގުބޫލުކަމެއް ހޯދި ކުޅަދާނަ ބަތަލާ މޮނިކާ ވިޓީ އުމުރުން 90 އަހަރުގައި މަރު ވެއްޖެއެވެ.

އުމުރުން 90 އަހަރުގައި މޮނިކާ މަރުވީ، ޑިޖެނެރޭޓިވް ބައްޔެއްގެ ޝިކާރައަކަށްވެ، ބައްޔާއި ހަނގުރާމަ ކުރަމުން ދިޔަތާ އެތައް އަހަރުތަކެއް ވެފައި ވަނިކޮށެވެ. އެހެން ނަމަވެސް ސީދާ މަރުވީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި އެއްވެސް ފަރާތަކުން ހާމަ ކޮށްފައި ނުވެއެވެ. 

މޮނިކާ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 1960 ގެ ފިލްމު ތަކުގައި އޭނާ ދައްކުވައިދިން ފަރި ހަރަކާތްތަކާއި އެކުއެވެ. މީގެ އިތުރުން މައިކަލް އެންޖެލޯ އެންޓޯނިއޯނީގެ ފިލްމުތަކުގައި އޭނާ އަދާކުރި ރޯލުތަކުން އެތައް ބައެއްގެ ލޯބި މޮނިކާ ވަނީ ހޯދާފައެވެ. 

މޮނިކާ މަރުވުމާއި ގުޅިގެން އެގައުމުގެ ކަލްޗާ މިނިސްޓަރު ޑާރިއޯ ފްރެންޗެސީނީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެއްލިގެން ދިޔައީ، އިޓަލީ ވިލާތުގެ ސިނަމާތަކުގެ ރާނީ ކަމަށެވެ. އަދި މިއަދަކީ މުޅި ގައުމަށް ހިތާމައިގެ ދުވަހެއް ކަމަށާއި، އެހެން ނަމަވެސް އަބަދުވެސް މޮނިކާގެ ހަނދާންތައް ގައުމުގެ ހުރިހާ ރައްޔިތުންގެ ހިތުގައި ހުންނާނެ ކަމަށެވެ. 

މޮނިކާގެ އާއިލާއިން ބުނެފައިވަނީ މިވަގުތަކީ އާއިލާއަށް އެހާ ފަސޭހަ ވަގުތެއް ނޫން ކަމަށާއި، އެހެން ކަމުން މިވަގުތު އާއިލާއަށް އެއްވެސް ފަރާތަކުން އުނދަގޫ ނުކުރުމަށް އެދޭ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް މޮނިކާގެ ހަނދާން އާ ކުރުމަށް އާއިލާއިން ވަނީ އެދިފައެވެ، 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް