ads
ބިން ހިއްކުން މަޑުޖައްސާލުމަށް ފަހު ހިމާޔަތް ކުރަންވީ ރަށްތައް: އަލީ ހުސައިން
ބިން ހިއްކުމަށް އަލަށް ހަމަޖައްސާފައިވާ ޕްރޮޖެކްޓްތައް މަޑު ޖައްސާލުމަށްފަހު ހިމާޔަތް ކުރަންވީ ރަށްރަށްކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
Advertisement

ދިވެހިރާއްޖޭގެ ގިނަ ރަށްތަކެއް އާދަޔާ ޚިލާފަށް ގިރަމުންދާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީީން ބެއްވި ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރާއްޖޭގެ ރަށްތައް ގިރުމުގެ މައްސަލަތައް ރައްޔިތުން ކަންބޮޑުވުން ފާޅު ކުރާކަމަށެވެ. އަދި މިގޮތަށް ރަށްތައް ގިރާއިރު، ގިނަ ދުވަސްވީ ގަސްގަހާއި ރުށްތައް ގިރައިގެންދާކަން އަލީ ހުސައިން ފާހަގަކުރެއްވި އެވެ. 

އަލީ ހުސައިން ވިދާޅުވީ، މިކަމަށް ހައްލު ހޯދުމަށް ފަސްކުރަންވީ ރައްޔިތުންނަށް ދޭންހުރި އަސާސީ ހިދުމަތްތައް ނޫންކަމަށާއި، އޭގެ ބަދަލުގައި ފަސްކުރަންވީ ހިންގަންހުރި ބައެއް މެގަ ޕްރޮޖެކްޓްތައް ކަމަށެވެ. އޭގެ ތެރޭގައި އަލަށް ހިއްކަން އުޅޭ ރަށްރަށުގެ މަޝްރޫއުތައް ފަސްކޮށްލަންޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ފަސްކޮށްލަން ވީ ނުވަތަ ފަހަށް ޖައްސާލަންވީ ރައްޔިތުންގެ އަސާސީ ހިދުމަތްތަކެއް ނޫން. ފެނާ ނަރުދަމާ އެއްނޫން އަޅުގަނޑުމެން ފަހަށް ޖައްސާލަންވީ. އެހެން ނަމަވެސް އަޅުގަނޑުމެން ފަހަށް ޖައްސާލަންވީ އަޅުގަނޑުމެން އަލަށް ހިއްކަންއުޅޭ ރަށްތައް." އަލީ ހުސައިން ވިދާޅުވި އެވެ. 

މީހުން ދިރިއުޅޭ ރަށްތައް އަދި އުފެދިފައިހުރި ރަށްތައް ހިމާޔަތްނުކޮށް ދެން އިތުރަށް ރަށްތައް ހިއްކަންޖެހޭނެކަމަށް ގަބޫލުނުކުރާކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަދި މަޑު ޖައްސާލަންވީ "23 މީޓަރުގެ ފުން ކަނޑެއް ހިއްކައިގެން" ހަދަންއުޅޭ މެގަ ޕްރޮޖެކްޓްތައް ކަމަށްވެސް އަލީ ހުސައިން ވިދާޅުވި އެވެ. ބޮޑެތި ކަންކަން ކުރަންޖެހޭނީ މީހުން އުޅޭ ރަށްތައް ހިމާޔަތް ކުރުމަށްފަހު ކަމަށް އަލީ ހުސައިިން ވިދާޅުވި އެވެ. 

އަލީ ހުސެން މިހެން ވިދާޅުވިއިރު، ސަރުކާރުން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެލައްވާފައިވާ ވައުދާއި އެއްގޮތަށް މާލެއާއި ގުޅީފަޅާއި ދެމެދު ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް ކުރަމުންނެވެ. 

އެ ޕްރޮޖެކްޓުގެ ފަންނީ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، އެކަމަށް ބޭނުންވާ ބިން ހިއްކުމަށް މިހާރު ވަނީ ޑެންމާކުގެ ބޮސްކާލިސް ކުންފުންޏާއި ހަވާލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް