ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
މޭ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ 19700ރ އަށް ބޮޑު ކުރާނަން: ރައީސް
ޑީގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ އަންނަ މޭ މަހުން ފެށިގެން 19700 ރުފިޔާއަށް ބޮޑު ކުރާނެކަމަށް ރައީސް ސާލިހު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން ހުށަހެޅުއްވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ މޭ މަހު ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.  

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ގައުމު ބިނާ ކުރުމުގެ އެންމެ މުހިއްމު އަދި އެންމެ ބުރަ މަސްއޫލިއްޔަރު އަދާ ކުރަމުންދަނީ ޓީޗަރުން ކަމަށާއި، ޓީޗަރުންގެ އުޖޫރަ ބޮޑުކޮށްދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި އެވައުދު މި އަހަރު ތެރޭ ފުދިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުން. އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ އަޅުގަނޑުމެންގެ ވައުދެއް. އަންނަ މޭ މަހުން ފެށިގެން ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ނިމިދިޔަ 2021 ވަނަ އަހަރު 4،082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާއި ތަމްރީން ހޯދައި ދެވިފައި ވާކަމަށާއި، މިއަހަރުވެސް އެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. 

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުާނު ވިދާޅުވީ، ދަރިވަރިންގެ ކިޔެވުމަށް މި ސަރުކާރުން ވަރަށް އިސްކަން ދެމުން އަންނަ ކަމަށާއި، އެއްވެސް ދަރިވަރެއް ކިޔެވުމުން މަހުރޫމް ނުވާނެ ކަމަށެވެ. އެއާއި އެކު މިހާރު ރާއްޖޭގައި ސްޓެލައިޓް ސުކޫލް ފެށިގެން ކުރިއަށް ދާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް