ads
ތަރައްގީ ހުއްޓާލެވޭކަށް ނެތް، ވެއްޓަށް ބަދަލު އެބައާދޭ: ރައީސް ނަޝީދު
ވެއްޓަށް ބަދަލު އަންނަ ކަމަށާއި އެހެންނަމަވެސް ތަރައްގީ ހުއްޓާލެވެން ނެތް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ގިނަ ރަށްތަކެއް އާދަޔާ ޚިލާފަށް ގިރަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީީން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ މިފަދަ ބަދަލުތަކާ ގުޅިގެން މައްސަލަ ހައްލުކުރަން ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ދުނިޔޭގެ އެއްވެސް ސަރުކާރަކަށް، ވަގުތުން ހައްލު ގެނެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ދިމާވެގެން އުޅެނީ ދިވެހިން ކުރި ކަމެއްގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއްވެސް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވެއްޓަށް އަންނަ ބަދަލާއި އެކުވެސް ތަރައްގީ ހުއްޓާލެވެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ތަރައްގީ ހުއްޓާލެވޭކަށް ވެސް ނެތް. ބޯހިޔާވަހިކަން ހުއްޓާލެވޭކަށް ވެސް ނެތް. އޮޑިދޯނިފަހަރު ފުރާލެފުން ވެސް ހުއްޓާލެވޭކަށެއް ނެތް. އިންޖީނު ގެތަކާއި ކަރަންޓު ދިނުން ވެސް ހުއްޓާލެވޭކަށް ނެތް. ބޯފެން ދިނުން ވެސް ހުއްޓާލެވޭކަށެއް ނެތް." ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ގުދުރަތީ ހަމަ އަންނަނީ ބަދަލުވަމުން ކަމަށެވެ. އަދި އެކަން ބަދަލުވީ ހަމައެކަނި ދިވެހިން ކުރި ކަމަކުން ނޫން ކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް