ads
އަހަރެންގެ ނަޒަރު
300 މިލިޔަން ރުފިޔާގެ ގޮނޑި, މި ގޮނޑި މުހިންމުވީ ކީއްވެ؟
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އެ ދާއިރާގައި މިހާރު ސަރުކާރުން ހިންގަން ފަށާފައިވާ މަޝްރޫއުތަކުގެ އަގު ވަނީ 300 މިލިއަނަށް ވުރެ އިތުރު ވެފައެވެ.
Advertisement

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ކިތައްމެހާ ވެސް ބޮޑެވެ. ސަރުކާރުން ކޮށްދެމުން އަންނަ ކަންކަމާއި، ކޮށްދޭނެ ކަމަށް ބުނަމުން އަންނަ ކަންކަން ވެސް އެހާމެ ގިނަ އެވެ. އަދި ދެން ތިބި ކެނޑިޑޭޓުން ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ކުރާނެ ކަންކަމާއި، ނުކުރާނެ ކަންކަމުގެ ވާހަކަ ވެސް މިއަދު ވަނީ އިންތިހާއަށް ގަދަވެފައެވެ. 

ދައްކަން މިއުޅެނީ، މި ދާއިރާގެ ގޮނޑި މިހާ އަގުބޮޑުވެފައި މިވަނީ ކީއްވެތޯ ހިތުގައި އުފެދޭ ސުވާލުތަކުގެ ވާހަކައެވެ. މިއީ އެއްވެސް ހާލަތެއްގައި އެ ދާއިރާގެ ރައްޔިތުންނަށް ލިބެން އޮތް މަންފާއަކާއި މެދު ހިތުގައި ހަސަދަވެރިކަން އުފެދިގެން ދައްކާ ވާހަކައެއް ނޫނެވެ. މިއަދު މުޅި ގައުމު އިންތިޒާރު ކުރަމުން މިދަނީ މާދަމާ މި ދާއިރާގެ ނަތީޖާ އަންނާނެ ގޮތަކާއި މެދުއެވެ. ފަހަރުގައި ނަތީޖާ އަންނަ ގޮތަކުން އެދާއިރާގެ ރައްޔިތުންނަށް މަންފާ ތަކެއް ކޮށްފާނެއެވެ. ނޫނީ ނަތީޖާ ނިކުންނަ ގޮތަކުން ދާއިރާގެ ރައްޔިތުންނަށް ދެއްކި ހުވަފެންތަށް ވެއްޔާއި މޮޑެވިދާނެއެވެ. 

ދާއިރާގެ ގޮނޑި ހުސްވެ، އިލެކްޝަން ކޮމިޝަނުން އިންތިހާބު އިއުލާން ކުރުމާއި އެކު ސަރުކާރު ހިންގާ ކޯލިޝަނުން ވަނީ ކެނޑިޑޭޓަކު ނެރެފައެވެ. އެއީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު. އިދިކޮޅު ޕީޕީއެމް އިން ވެސް މަޖިލީހުގެ މި ގޮނޑިއަށް ވާދަ ކުރުމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ ނެރުނެވެ. މީގެ އިތުރުން ދާދި ފަހަކުން ވުޖޫދުވި އެމްއެންޕީ އިން ވެސް ވަނީ އެ ދާއިރާގެ ގޮނޑިއަށް ބޭފުޅަކު ނެރުއްވާފައެވެ. އެއީ، އަބްދުލްހަންނާން އިދުރީސް އެވެ. 

މި ތިން ބޭފުޅުންނަކީވެސް އެބޭފުޅުންގެ ވާހަކަތައް ހުރި ގޮތުން ދާއިރާއަށް ހެޔޮއެދޭ އިހުލާސްތެރިންނެވެ. އިހުލާސްތެރިކަން މިނެ ކިރާނީ އެ ދާއިރާގެ ރައްޔިތުންނެވެ. އަޅުގަނޑެއް ނޫނެވެ. 

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ނެރުނު ކެނޑިޑޭޓާއި އެކު ސަރުކާރުގެ ވަރުގަދަ ލަޝްކަރެއް ކެމްޕެއިން ކުރުމުގައި އަންނަނީ އަވަދިނެތި ހަރަކާތްތެރި ވަމުންނެވެ. މިހިސާބުން ހިތުގައި އުފެދޭ ސުވާލަކީ، މި ގޮނޑި ކޮންމެހެން ވެސް ސަރުކާރަށް ލިބެން ޖެހޭ ކަމަށް އެފަރާތްތަކުން އެބުނަމުން ދަނީ ކީއްވެގެން ތޯއެވެ. 

މިހާރު ވެސް ސަރުކާރުން ބޭނުން ނަމަ ބޭނުން ކޮންމެ ގޮތަކަށް ގާނޫނު އަސާސީ ބަދަލު ކުރުމަށް ވޯޓު ދިނުމަށް ކޯލިޝަންގެ ބައިވެރިން ތިބީ ފޫގަޅާލައިގެންވެ. އެހެން ކަމުން މިއީ ކޮންމެހެން ގާނޫނު އަސާސީ އަށް ބަދަލެއް ނުވަތަ އިސްލާހެއް ގެނައުމަށް ބޭނުންވާ ގޮނޑިއެކޭ ނުބުނެވޭނެއެވެ. 

ސަރުކާރަށް މި ގޮނޑީގެ މުހިއްމުކަން އެ ދާއިރާގައި ހިންގަވާ މަޝްރޫއު ތަކުން އެކަނި ވެސް ސާފު ސަރީހަކޮށް އެނގެން އެބައޮތެވެ. އެގޮތުން މިހާރުވެސް ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތާއި، މަރޮށީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން ކޮމަންޑޫގައި އައިސް ޕްލާންޓެއް ވަނީ ސަރުކާރުން ބަހައްޓާ ދީފައެވެ. ނުވިތާކަށް މިއަދު ސަރުކާރުން އެ ސަރަހައްދުގައި މަސްވެރިންގެ ލާބައަށް ކަނދުފައްޗެއް ވެސް ވަނީ ފައްތާފައެވެ. 

މިހާ ގިނަ ކަންކަން ގޮނޑިއަކަށް ޓަކައި ސަރުކާރުން ކުރަންޖެހޭނީ އެކަމުގެ އަޑީގައި ކޮންމެސް ސަބަބެއް ހުރުމުންކަން ހަމަ ޔަގީނެވެ. އެއީ ފަހަރުގައި މިހާރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި ވެސް ސަރުކާރަށް މި ދާއިރާގެ އިންތިހާބު ބަދަލުވެދާނެ ކަމަށް ފެންނަނީ ކަން ނޭނގެއެވެ. ނުވަތަ މި ދާއިރާގެ ގޮނޑި ސަރުކާރަށް ނުލިބިއްޖެނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބަލިވެދާނެ ކަމަށް ފަހަރުގައި ސަރުކާރަށް ހީވުން އެކަށީގެން ވެއެވެ. 

ކޮންމެއަކަސް އެނގޭ ހަގީގަތަކީ، މި ގޮނޑި ސަރުކާރަށް ކޮންމެހެންވެސް މުހިއްމު ކަމެވެ. މީގެ ކުރިން އެދާއިރާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ވަލިއްޔުލް އަމްރު ވިދާޅުވީ، ވަކި ރަށެއް ބެލުމެއްނެތި ހުރިހާ ރަށަކަށް ވެސް ކަންކަން ކޮށްދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް އިއްޔެ އެމަނިކުފާނު ވިދާޅުވީ، ދާއިރާގެ ތަރައްގީ އަންނަން އޮތީ ސަރުކާރުގެ ކެނޑިޑޭޓު މަޖިލީހުގެ ތަޅުމުގެ ތެރެއަށް ވެއްދެވުމުން ކަމަށެވެ. 

ކޮންމެއަކަސް ދާއިރާގެ ގޮނޑި ހަވާލު ކުރާނެ ފަރާތެއް އެނގޭނީ ދާއިރާގެ ރައްޔިތުންނަށެވެ. އެހެން ކަމުން ދާއިރާގެ ހެވާއި ލާބައަށް ވިސްނަވާ ދާއިރާ ކުރިއަރުވާ އިސްލާމް ދީނުގެ އަސްލުތަކާއި އުސޫލުތައް ހިފަހައްޓަން ވަކާލާތު ކުރެވޭ ފެންވަރުގެ ބޭފުޅަކު މަޖިލީހުގެ ތަޅުމުގައި ބޭންދުމަކީ ދާއިރާގެ ރައްޔިތުން ވާޖިބެކެވެ. 

33%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް