ކޮމަންޑޫ ދާއިރާގެ ކޮންމެ ރަށެއްގައި ދެ ވޯޓު ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ތިން ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.
މިއަދުގެ ހެނދުނު 08:30 ގައި ވޯޓު ލާން ފަށާފައިވާ އިރު، ގިނަ އަދަދެއްގެ ފަރާތްތަކުން އަންނަނީ ވޯޓުލުމަށް ކިއު ހަދަމުންނެވެ.
މި ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ މިއަދުގެ ހަވީރު 16:00 އަށެވެ. އަދި 15:00 އިން ވޯޓު ލުމަށް ހަމަޖެހިފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތައް އެކަންޏެވެ.
މި އިންތިހާބުގައި ޖުމުލަ 3،309 މީހުން ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ ކޮމަންޑޫ 1،406 މީހުން، ފޯކައިދޫ 1،201 މީހުން، އަދި މަރޮށި 703 މީހުންނަށެވެ.