ads
ޝެނަލް އަދި އޭނާގެ ބޮސް މައިކް ބްލޫމް
ބޮސްގެ ފަރާތުން ލިބުނު އެޕާޓްމެންޓާއެކު ލޮލުން ކަރުނަ
އެމެރިކާގެ އަންޑަކަވާ ބޮސް ޔޫއެސްއޭ ޓީވީ ޝޯގައި، ކުންފުންޏެއް ސީއޯއޯ އޭނާގެ މުވައްޒަފަކަށް އެއް އަހަރަށް އެޕާޓްމެންޓެއް ދީ އެ މުވައްޒަފު މީހާ އުފަލުން ރޮއްވާލައިފި އެވެ.
Advertisement

އަންޑަކަވަ ބޮސްއަކީ ކުންފުނީގެ ވެރިން މުވައްޒަފަކަށް ހެދިގެން އަމިއްލަ ކުންފުނީގެ މާހަައުލު ދެނެގަނެ ރަނގަޅު ކުރަންވީ ކަންކަން ދެނެގަތުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ޝޯއެކެވެ. އެގޮތުން ފެމިލީ ޑޯލާސް ގެ ސީއޯއޯ މައިކް ބްލޫމް ވަނީ އޭނާގެ ފިހާރައެއްގައި ކަސްޓަމާ ސާވިސް އެސިސްޓެންސް އެއްގެ ގޮތުގައި މަސައްކަތްކުރާ ޝެނަލް ކިޔާ އަންހެނެއްގެ ދަށުން މަސައްކަތް ކުރަން އުޅެފަ އެވެ.

ޝެނަލް އަށް ހަދިޔާ ދިނުމަށް މައިކް ނިންމީ އޭނާގެ ހިތްހެޔޮކަމާއި އެހެން މީހުނަށް އޯގަތެރިވާ މިންވަރު ފެނުމުންނެވެ. ޝެނަލްގެ ދިރިއުޅުމުގައި ހުރި ދަތިކަންތައް މައިކް ވަނީ އެދުވަސްކޮޅު ތެރޭ ދަސްކޮށްފައެވެ.

އެގޮތުން ޝެނަލް އަކީ ދެ ކުދިންގެ މަންމައެއް ކަމާ އަމިއްލަ ގެދޮރު ނެތްކަން މައިކް އަށް އެނގުނެވެ. މައިކްގެ ކުންފުންޏަށްޓަކައި ޝެނަލް ކުރާ ބުރަ މަސައްކަތް ފެނި އޭނާއަށާއި އޭނާގެ އާއިލާޔައަށް އެހީވުމަށް މައިކް ބޭނުންވި އެވެ.

މައިކް އަކީ ކުންފުނީގެ ވެރިޔާކަން ޝެނަލްއަށް ހާމަކުރި ވަގުތު މައިކަވަނީ ޝެނަލަކީ އޭނާ އާ ދިމާވި "އެންމެ ޕޮޒިޓިވް އެންމެ ހިތްހެޔޮ" މީހާކަމަށް ވިދާޅުވެފަ އެވެ. 

މައިކްގެ ހަދިޔާއަކަށް ވީ އެއް އަހަރު ދުވަހަށް އެޕާޓްމެންޓެއް ނަގާދިނުމުގެ އިތުރުން 15،000 ޑޮލަރު ޑޮލަރެވެ. އަދި ޝެނަލް ޕްރޮމޯޓުކޮށްދީ މުސާރަ ބޮޑު ކޮށްދިނެ އެވެ.

ޝެނަލް އެވަގުތު އުފަލުން ރޯން ފެށި އެވެ. އަދި މައިކަށް ޝުކުރު އަދާކޮށް މިއީ އޭނާގެ ދަރިންގެ ދިރިއުޅުން ވަރަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ބުންޏެވެ. ޝެނަލް ބުނީ އޭނާ ކުޑައިރު ވަރަށް ހިތްދަތި ކަންކަން ދިމާވިކަަމަށާއި އެއަށް ވުރެ ތަނަވަސް ދިރިއުޅުމެއް ދަރިންނަށް ލިބޭނެކަމަށެވެ.

ޝޯގައި ޝެނަލް ދެއްކި ވާހަކައިން އެނގޭ ގޮތުގައި އޭނާ އަކީ ޔަތީމެކެވެ. އަދި އެފަދަ ކުދިން ބަހައްޓާ މަރުކަޒެއްގައި އެތައް ދުވަހެއް އުޅުމަށް ފަހު އޭނާ އެތަނުން ބޭރުކޮށްލި އެވެ. ނަމަވެސް އެތައް މަސައްކަތުން އޭނާ ދިރުއުޅުމުގެ ފެންވަރު މަޑުމަޑުން ރަނގަޅުކުރި އެވެ. ތައުލީމު ހާސިލްކުރަން ޔުނިވަސިޓީއަށް ވެސް ދާން ފެށިއެވެ. ނަމަވެސް މާބަނޑު ވުމާއެކު އެކަންވެސް ޖެހުނީ ދޫކޮށްލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް