ads
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން
މަތީތައުލީމު ހޯދުމުގެ 720 ފުރުސަތަށް ހުޅުވާލައިފި
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން 720 ފުރުސަތު ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން، މަތީތައުލީމު ހޯދަން ދޫކުރާ ސްޓޫޑަންޓް ލޯނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފައިވާއިރު، މާޗު ތިނެއްވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 އާ ހަމަ އަށް ލޯނަށް އެދި ހުށަހެޅޭނެ ކަމަށް އެމިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ. 

އެ މިނިސްޓްރީން ބުނީ މިއަދު ހުޅުވާލި ފުރުސަތުގެ ދަށުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 އިން ފެށިގެން ފެންވަރު 10ގެ ނިޔަލަށް ކިޔެވުމުގެ އިތުރުން ލައިސަންސް ހޯދުމަށް ވެސް ލޯނު ލިބޭނެ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި މިފުރުސަތުގައި، އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ލޯނަށް ހުށަހެޅޭނެ އެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖެނުއަރީ 2022ގެ ފަހުން ކިޔަވަން ފަށާ ދަރިވަރުން ކަމަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި ބަލާނީ 1 ޖެނުއަރީ 2022 ގެ ކުރިން  ކޯހެއްގައި ކިޔަވަން ފަށާފައިވާ ދަރިވަރުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

ލޯނަށް އެދި ފޯމު ހުށަހަޅާނީ ހަޔާ އެޑިއުކޭޝަން ޕޯޓަލް މެދުވެރިކޮށެވެ. 

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އިއުލާނުގެ މުއްދަތު ހަމަވުމުގެ ހަތް ދުވަސްކުރިން (25 ފެބްރުއަރީ 2022 ދުވަހުގެ ކުރިން) ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީން  ބެލުމަށް ފަހު ރަނގަޅު ކުރަންޖެހޭ ނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދެވޭނެ ކަމަށެވެ. އެހެން ނަމަވެސް  މި އިއުލާނުގެ މުއްދަތުގެ ފަހު ހަތެއް ދުވަހު (25 ފެބްރުއަރީ 2022 ފެށިގެން) ހުށަހަޅާ އެޕްލިކޭޝަންތަކަށް މި ފުރުސަތު ދެވެން ނޯންނާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް