ads
މުލީގައި އިކޮނޮމިކް މިނިސްޓްރީން ކޯހެއް ފެށުުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ހުނަރުވެރިން ބިނާކުުރުމުގެ ޕްރޮގްރާމެއް މުލީގައި ފަށައިފި
ހުނަރުވެރިން ބިނާ ކުރުމުގެ ޕްރޮގްރާމެއް މ. މުލީގައި ފަށައިފި އެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ހިންގާ ފަންނުވެރިން ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ކޯހެކެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނީ ފަންނުވެރިން ބިނާކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ކޯސް މުލީގައި މިއަދު ފަށާފައިވާއިރު މަސައްކަތުގެ ބާޒާރަށް ދިވެހިން ނެރުމާއި، އެކިއެކި ވަޒީފާތަކަށް ދިވެހިންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ހިންގޭ ކޯހެއް ކަމަށެވެ.

އެގޮތުން މުލީގައި މިހާރު ކުރިއަށް ގެންދާ ކޯހަކީ ސެޓްފިކެޓް ލެވެލް 3 ގެ އިލެކްޓްރިޝަން ކޯހެކެވެ. އެގޮތުން ހަ މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި 28 ދަރިވަރުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިދިޔަ އާދިއްތަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެއް ވެސް ފަށާފަ އެވެ. އެގޮތުން އެ ކޯހުގައި ވަނީ 43 ދަރިވަރުން ބައިވެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް