ads
އެލައިޑް އިންޝުއަރެންސާއި ފުލުހުން ގުޅިގެން ހިންގާ ޕްރޮގްރާމު ފެށުމުގެ ތެރެއިން-- ފޮޓޯ: ޕޮލިސް މީޑިއާ
ގަވާއިދާ އެއް ގޮތަށް ދުއްވާ މީހުންނަށް އެލައިޑުގެ ގިފްޓު ވައުޗާއެއް ލިބޭ ޕްރޮގްރާމެއް ފަށައިފި
ގަވާއިދާ އެއްގޮތަށް އެއްގަމު އުޅަނދުގެ ކަންކަން ފުރިހަމަކޮށް، ދުއްވާ މީހުންނަށް ހާއްސަ ގިފްޓު ވައުޗަރެއް ލިބޭ ޕްރޮގްރާމެއް އެލައިޑް އިންޝުއަރެންސާއި ފުލުހުން ގުޅިގެން މިއަދު ފަށައިފި އެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖުމަންޓް ޑިޕާޓުމަންޓާއި، އެލައިޑް އިންޝުއަރެންސް ގުޅިގެން މި ޕްރޮގްރާމް ފެށީ އެލައިޑުގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.

މި ޕްރޮގްރާމުގައި އެއްގަމު އުޅަނދު ދުއްވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށްތޯ ޓްރެފިކް ޕޮލިހުން ބަލައި ފާސްކުރާނެ އެވެ.

އެގޮތުން އުޅަނދުގެ އަހަރީ ފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ފުރިހަމަވެފައިވޭތޯ ބަލައި އަދި ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައި ވެއެވެ.

މިއަދުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ތެރެއިން، އެއްގަމު އުޅަނދުގައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވާ ފަރާތްތަކަށް އެލައިޑް އިންޝުއަރެންސްގެ ފަރާތުން ގިވްޓް ވައުޗާއެއް ދިނުމަށް ހަމަޖެހިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް