ads
ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަނީ--
ކޮރޯނާ ވައިރަސް އިންޑިއާއިން ފެނިއްޖެ
ޗައިނާއިން އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަސް އިންޑިއާއިން ފެނިއްޖެ އެވެ.

ރޮއިޓާޒް އިން ހަބަރު ފަތުރާ ގޮތުގައި އެ ވައިރަސް ފެނިފައި ވަނީ ކެރަލާ ސްޓޭޓުގެ ދަރިވަރެއްގެ ހަށިގަނޑުންނެވެ. 

އެ ދަރިވަރަކީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ވޫހާން ޔުނިވާސިޓީގައި ކިޔަވާ ދަރިވަރެކެވެ. 

އެ ދަރިވަރު މިހާރު އެކަހެރިކޮށްފައި ހުރިއިރު، އޭނާގެ ހާލު ރަނގަޅު ކަމަށާއި، އިތުރަށް މޮނިޓާ ކުރަމުންދާ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އެ ވައިރަހުގެ އަސަރުކޮށްފައިވާ ކަމަށް ބެލެވޭ އިތުރު 10 މީހަކު ކެރެންޓީން ކޮށްފައިވާ ކަމަށެވެ. 

އެ އެންމެން ވެސް ތިބީ މަހަރާޝްތްރަ ސްޓޭޓުގެ ތިން ހޮސްޕިޓަލެއްގައި ކަމަށް ވެއެވެ. އެ ސްޓޭޓުގައި މި ވައިރަހަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ސިއްހީ ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ދިހަ މީހަކު ކެރެންޓީން ކޮށްފައި ވާއިރު، ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ (އެންއައިވީ) އަށް ޓެސްޓު ކުރުމަށް 18 ސާމްޕަލް ވަނީ ފޮނުވާފަ އެވެ. 

ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަހުގެ ސަބަބުން މިހާތަނަށް 170 މީހަކު ވަނީ މަރުވެފަ އެވެ. އަދި ގާތްގަނޑަކަށް 8،000 މީހުންނަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް