ads
ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
Advertisement

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުއިއްޒު ނުރަސްމީ ދަތުރުފުޅެެއްގައި ސިންގަޕޫރަށް ވަޑާއިގަތީ ރޭގެ ވަގުތެއްގައިކަމަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ. 

މިދިޔަ އަހަރުވެސް ދެ ފަހަރެއްގެ މަތިން ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ވަނީ ވަދައިގެންފައެވެ. އަދި މދިޔަ އަހަރުގެ ފަހުކޮޅު ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން  ސާޖިދާ މުހައްމަދު ވަނީ އިނގިރޭސިވިލާތަށްވެސް ވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް