ads
ރިލްވާނާއި ޔާމީން ރަޝީދުގެ އާއިލާ އިން ބޭއްވި ހިނގާލުމެއްގައި ރައީސް އިބްރާހީމް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ
ހައްގުތައް ކަށަވަރުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ: އެމްނެސްޓީ
އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް މިސަރުކާރަށްވެސް މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދެވިފައި ނުވާ ކަމަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް، އެމްނެސްޓީން ބުނެފި އެވެ.
Advertisement

އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް މިސަރުކާރަށްވެސް މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދެވިފައި ނުވާ ކަމަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް، އެމްނެސްޓީން ބުނެފި އެވެ.

އެމްނެސްޓީ މިހެން ބުނެފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި މިދިޔަ އަހަރު އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ތައްޔާރުކޮށް އެކުލަވާލާފައިވާ ރިޕޯޓުގަ އެވެ. 

އެމްނެސްޓީ ރިޕޯޓްގައި ބުނެފައިވަނީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވައުދުތަކެއް ވެގެން މިސަރުކާރުން ވެރިކަމަށް އައި ނަމަވެސް ހައްގުތައް ކަށަވަރުކޮށްދިނުމަށް މިސަރުކާރަށް ވެސް މިދިޔަ އަހަރުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ.

"މިސަރުކާރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވައުދުތަކެއްވީ ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް އެކަންކަން ކޮށްދެވިފައެއް ނުވޭ. ސަރުކާރުން އެބަޖެހޭ ވީވައުދުތަކާ އެއްގޮތަށް އެންމެންގެ ހައްގުތައް ރައްކާތެރިކޮށްދޭން،" އެމްނެސްޓީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރު ބިރާޖު ޕަޓްނާޔަކް ވިދާޅުވެފައިވެ އެވެ. 

މިރިޕޯޓްގައި ރާއްޖެއާ ގުޅޭގޮތުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މިނިވަންކަމާ އެކު ހިޔާލުފާޅުކުރުމުގެ މާހައުލެއް ހޯދައިދެވިފައި ނުވުމާއި، މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދެވިފައި ނުވުމާއި، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރެވިފައި ނުވާ މައްސަލަ އެވެ. އެގޮތުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ހިމެނޭ މީހުން ހޯދިފައި ނުވުމާއި، ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މީހުންގެ ޝަރީއަތް ލަސްވެފައިވާ މައްސަލައާއި، އެމްޑީއެންއިން ނެރުނު ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ އުވާލި މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން މަތީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރި ނަމަވެސް އަދުލު އިންސާފުގެ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގައި އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައި ނުވާ ކަން ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް