ads
ސްޕްރިން އަނިއަން---
ރާއްޖެއެތެރެކުރި ފިޔާތަކެއް ވިއްކުމާއި، ބޭނުން ކުރުން މަނާކޮށްފި
ރާއްޖެ އެތެރެކުރި "ސްޓާސް" ބްރޭންޑުގެ "ސްޕްރިން އަނިއަން" ތަކެއް ޕެސްޓިސައިޑުން ތަގައްޔަރުވެފައިވާތީ، އެފަދަ ފިޔާ ވިއްކުމާއި ބޭނުންކުރުން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެ އޮތޯރަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕެސްޓިސައިޑް(ސޫފި މަރާ ބޭސް) އިން ތަގައްޔަރުވެފައިވާ ސްޕްރިން އަނިއަން ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން ދީފައިވާ ކަމަށެވެ.

ސޫފި ބޭހުން ތަގައްޔަރުވެފައިވާ ކަމުގެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެފްޑީއޭން ކުރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެބްރޭންޑުގެ ސްޕްރިން އަނިއަން ނުވިއްކުމަށާއި ބޭނުން ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

ސްޓާސް ބްރޭންޑުގެ ސްޕްރިން އަނިއަންއަކީ މިސްރުގެ އުފެއްދުމެކެވެ. އަދި އެ އުފެއްދުން ހޯލްސޭލްކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ގްރީން ޓީމުންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް