ads
ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ޕެއިސްލީ ޝުލްޓިސް
2 އަހަރު ކުރިން ގެއްލުނު ކުޑަކުއްޖަކު ފެނުނީ ސިޑިބަރިއެއްގެ ދަށުން
މީގެ ދެއަހަރު ކުރިން 2019 ވަނަ އަހަރު ގެއްލުނު ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކު، ސިޑިއެއްގެ ދަށުގައި ހުރި ސިއްރު ކޮޓަރިއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނިއްޖެ އެވެ.
Advertisement

އުމުރުން މިހާރު ހަ އަހަރުގެ ޕެއިސްލީ ޝުލްޓިސް ފެނިފައިވަނީ ހޯމަ ދުވަހު އޭނާ ހޯދުމަށް ހިންގަމުންދިޔަ ބަލާ ފާސްކުރުމުގެ ތެރެއިން ސައުގާޓީސް ނަމަކަށް ކިޔާ ރަށުގެ ގެއަކުންނެވެ. 

އެ ކުއްޖާ ފެނިފައިވަނީ، އެގޭގައި ހަދާފައި ހުރި ލަކުޑި ސިޑިބަރިއެއްގެ ދަށުންނެވެ. 

ފުލުހުންގެ ބަޔާނެއްގައި ވާގޮތުގައި ޕެއިސްލީ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިއުޔޯކްގެ ޓިއޯގާ ކައުންޓީއިންނެވެ. އޭރު އޭނާގެ އުމުރުން ހަތަރު އަހަރެވެ.

އޭރު ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރި ގޮތުގައި އޭނާ ވަގަށް ނަގާފައިވަނީ ކުއްޖާގެ އަސްލު، ނަމަވެސް ފަހުން ކުއްޖާގެ ކަސްޓަޑީ ގެއްލިފައިވާ، މައިންބަފައިން ކަމަށްވާ 33 އަހަރުގެ ކިމްބާލީ ކޫޕާ، އާއި 32 އަހަރުގެ ކިރްކް ޝުލްޓިސް ޖޫނިއާ، އެވެ. 

އަލްސްޓާ ކައުންޓީގެ ސައުގާޓީސް ނަމަކަށް ކިޔާ ޓައުންގައި ޕެއިސްލީ ފޮރުވާފައި ހުރި ކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ގެ ބަލާ ފާސްކުރުމުގެ އަމުރެއް ހޯދާފައެވެ. މީގެ ކުރިން ވެސް އެ ގެ ބަލައި ފާސްކޮށްފައިވެއެވެ.

ފުލުހުން ބުނީ އެ ގެ ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދިޔައިރު އެގޭގެ މިލްކުވެރިކަން އޮންނަ ކިރްކް ޝުލްޓިސް އެތަނުގައި ހުރި ކަމަށެވެ. އަދި އޭނާ ވަނީ ޕެއިސްލީ ވީތަނެއް އޭނާއަށް އެނގިފައި ނުވާ ކަމަށް ބުނެފައެވެ. 

ނަމަވެސް ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ޑިޓެކްޓިވްއަކަށް ގޭގެ ބިއްދޮށަށް ދާން ހުންނަ ސިޑިތައް އާދަޔާ ހިލާފު ގޮތަކަށް ހަދާފައި ހުރި ތަން ފާހަގަވެފައިވެއެވެ. 

ސިޑިތަކުގެ ބައެއް ފިލާތައް ފުލުހުން ނެގުމަށްފަހު، "ކުޑަ، ފިނި، އަދި ތެތް" ތަނެއްގެ ގޮތުގައި ފުލުހުން ސިފަކުރި ތަނެއްގައި، ޕެއިސްލީ އާއި މިސް ކޫޕާ ފިލާ ހުއްޓާވަނީ ފެނިފައެވެ.

your imageކުއްޖާ ފޮރުވާފައި ސިޑިބަރި——

ކުއްޖާ އެތަނުން ނެރެ، މިސް ކޫޕާ ހައްޔަރުކުރުމަށްފަހު، ކުޑަކުއްޖާ އަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލާފައިވެެއެވެ. ފުލުހުން ބުނީ ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާއި، ކުއްޖާއަކީ “ދުޅަހެޔޮ” ކުއްޖެއް ކަމަށެވެ.

ގެއްލުނު އިރު ހަތަރު އަހަރުގެ ޕެއިސްލީގެ އަސްލު މައިންބަފައިންނަށް އޭނާ އެއްފަހަރު ވަނީ ގެއްލިފައެވެ. އެހާދިސާގެ ފަހުން ޕެއިސްލީއާއި އޭނާއާއި ޖެހިގެން ހުންނަ ބޮޑު އަންހެން ކުއްޖާގެ  ބެލެނިވެރިކަން ވެސް އެކުދިންގެ އަސްލު މައިންބަފައިންގެ އަތުން ވަނީ ނަގާފައެވެ.

ފުލުހުން ގަބޫލުކުރާ ގޮތުގައި ޕެއިސްލީ ވަގަށް ނެގުމުގެ ފަހަތުގައި ވަނީ އެ ސަބަބެވެ.

"އަހަރުމެންނަށް ގަބޫލުކުރެވެނީ ކޮންމެވެސް މީހަކު ބެލެނިވެރިންނަށް މައުލޫމާތު ދިނީ ބޮޑު ކުއްޖާ ގާނޫނީ ބެލެނިވެރިޔަކާއި ކައުންޓީގެ އޮފިޝަލުން ހަވާލުކުރިކަމުގެ. އޭގެ ސަބަބުން ބެލެނިވެރިން ދެން ޕެއިސްލީ ގޮވައިގެން ފިލަން މަސައްކަތް ކުރީ" ސައުގާޓީސް ޕޮލިސް ޗީފް ޖޯސެފް ސިނަގްރާ ވާޗުއަލް ނިއުސް ޗެނަލް ޑަބްލިއުއެންވައިޓީ އަށް ވިދާޅުވިއެވެ.

މިސް ކޫޕާ، މިސްޓާ ޝުލްޓިސް ޖޫނިއާ އަދި މިސްޓާ ޝުލްޓިސް ސީނިއާ ވަނީ ޕެއިސްލީ ގެއްލުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައެވެ. ބައްޕަ އާއި ދަރިފުޅު ވަނީ ޝަރީއަތް ނިމެންދެން ދޫކޮށްލައިފައެވެ. ނަމަވެސް ކުއްޖާގެ މަންމަ މިސް ކޫޕާ އަދިވެސް ހުރީ އަލްސްޓާ ކައުންޓީގެ ޖަލެއްގައެވެ. 

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އިތުރު ބަޔަކު ހައްޔަރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެމެރިކާގައި ގެއްލިގެން ރިޕޯޓްކޮށްފައިވާ ގިނަ ކުދިން މަދު ދުވަސްކޮޅަކަށް ފަހު ސަލާމަތުން ހުއްޓާ ފެންނަ ކަމަށް ނެޝަނަލް ސެންޓާ ފޯ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރަން އިން ބުނެއެވެ. 

ނަމަވެސް އާއިލާއިން ވަގަށް ނެގުމުގެ މައްސަލަތަކުގައި، އެވްރެޖްކޮށް 10 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ކުދިން ގެއްލިގެން ހޯދަމުންދާކަން ވެސް އިތުރަށް ފާހަގަކޮށްފައިވެއެވެ. 

27%
ކަމުގޮސްފި
45%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް