މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު އެވެ. އަދި ސްޓޭޓް ޓްރޭޑިންް އޯގަނައިޒޭޝަން، އެސްޓީއޯގެ ފަރާތުން ޕްރޮޖެކްޓް އެގްރީމަންޓުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސާ ޝިމާދު އިބްރާހީމްއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން މި ދެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އެސްޓީއޯ އަދި އޭޑީބީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އޭޑީބީއާއެކު 50 މިލިޔަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރުން
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުން ކަމަށެވެ.
މި ފެސިލިޓީއަކީ މަލްޓިލެޓަރަލް ބޭންކުތަކުން ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ ފައިނޭންސިންއެކެވެ. މިފަދަ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މެދުއިރުމަތީގެ ހިނގަމުން ދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެޔޮ ގަތުމަށް ވޯލްޑް ބޭންކުންވެސް ވަނީ 40 މިލިއަން ޑޮލަރުގެ ލޯނެއް މިދިޔަ މޭ މަހު ހަމަޖައްސައިދީފަ އެވެ. އެ އަދަދާއި އެކު ތެޔޮ ގަތުމަށް ވޯލްޑް ބޭންކާއި އޭޑީބީން މިވަނީ ޖުމްލަ އަދަދު 90 މިލިއަން ޑޮލަރަށް އަރާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;