ads
ވެކްސިން ޖެހުމަށް މީހުން ކިއުގައި
112،000 އަށްވުރެ ގިނަ މީހުން ކޮވިޑްގެ ބޫސްޓާ ޑޯސް ޖަހައިފި
ދިވެހި ރާއްޖެއިން ކޮވިޑް-19 ގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 112،000 އަށްވުރެ އިތުރު ވެފައި ވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިހާތަނަށް ވެކްސިންގެ ތިން ވަނަ ޑޯޒް 112،551މީހަކު ވަނީ ޖަހާފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 2،066 މީހަކު ވަނީ ވެކްސިންގެ ތިންވަނަ ޑޯޒް ޖަހާފައެވެ. 

މިހާތަނަށް ރާއްޖެއިން ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު 370،594 އަށް އަރާފައި ވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ، 398،010 މީހެކެވެ. 

ވެކްސިން ޖެހުމަށް ރާއްޖޭގެ 185 ސަރަހައްދެއްގައި ސެންޓަރުތައް ގާއިމް ކޮށްފައި ވާއިރު، މާލެ ސަރަހައްދުގެ ނުވަ ތަނަކުން ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. 

ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމު ތަކެއްގައި ވެކްސިންގެ ތިން ވަނަ ޑޯޒް އެއް ފުރިހަމަ ކުރުމަށް އަންނަނީ ބާރުއަޅަމުންނެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ގިނަ ގައުމު ތަކަކުން ވަނީ ނިންމާފައެވެ. 

ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދުތައް އަދިވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން 1،056 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. 

ރާއްޖެއިން މިހާތަނަށް 162،169މީހަކަށް ބަލި ޖެހިފައި ވާއިރު، ރެ އާއި ހަމައަށް ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ، 15،706 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް