ads
ބޮޑީ ވޯން ކެމެރާ ބޭނުން ކުރުމަށް ފެށުމުގެ ގޮތުން ކަރެކްޝަން ސާވިސް އާއި،ޑެޒާ ޓެކްނޮލިޖިސްޓާ އެކު ސޮއިކުރުމުގެ ތެރެއިން..
ޖަލު ތައް ބަލަހައްޓަމުންދާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަނީ
ޖަލުތައް ބަލަހައްޓަމުންދާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރުމަށް ފެށުމުގެ ގޮތުން އެ ކެމެރާތައް ރާއްޖެ އަށް އެތެރެކުރާ ކުންފުއްޏާއެކު މިއަދު ސޮއިކޮށްފިއެވެ.

އެގޮތުން މިއަދު ސޮއިކޮށްފައި ވަނީ އެ ކެމެރާތައް ރާއްޖެ އެތެރެކޮށް ޑިސްޓްބިއުޓް ކުރާ ކުންފުނި ކަމުގައިވާ ޒެޓާ ޓެކޮނޮލޮޖިސްޓާ އެކުގައެވެ. 

ކަރެކްޝަން ސާވިސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރިޒަން އަހުމަދު މުހައްމަދުފުޅެވެ. ޑެޒާ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައިމަން އާދަމް އެވެ.

މިކެމެރާތައް ބޭނުން ކުރާނީ ޖަލުތަކުގެ ފްރޮންޓްލައިނުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުން ކަމަށާއި، މިފަދަ ކެމެރާތަކެއް ބޭނުން ކުރަން ފެށުމުން ޖަލުތަކުގައި ތިބޭ ފަރާތްތަކާއި، ޕްރިޒަން އޮފިސަރުންގެ ޒިންމާދާރު ކަން ކަށަވަރު ވެގެންދާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

އަދި އެކުންފުނީގެ ފަރާތުން ކަރަކްޝަން ސާވިސް އަށް ފޯރު ކޮށްދޭނީ 15 ބޮޑީ ވޯން ކެމެރާ ކަމަށާާއި ތިން ޓޭޒާ ކަމަށް ބުނެފައިވެއެވެ. 

އަދި ޓޭޒާ އާއި ކެމެރާ ބޭނުން ކުރާނެ ހާލަތްތަކާއި ބެހޭ ގޮތުން ތަމްރީނު ފެށުމުގެ ޕްރޮގްރާމްތައް ކުރިއަށްދާނެ ކަމަށް ވެސް ބުނެ ފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް