ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިއަދު ވަނީ 3365 ސާމްޕަލް ޓެސްޓު ކުރެވިފައެެވެ.
އޭގެތެރެއިން ރަށްތަކުން 485 މީހުން ޕޮޒިޓިވްވިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 70 މީހުންނެވެ. އަދި ރިސޯޓްތަކުން 63 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.
މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 164229 އެރިއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 148868 ގައެެވެ. މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 26 ގައެވެ.
މިހާތަނަށް ރާއްޖެއިން 290 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، މިވަގުތު ރާއްޖޭގައި ތިބީ ބަލިޖެހިފައިވާ 15058 މީހުންނެވެ.