ads
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އަމާޒަކީ ރާއްޖެއިން ދުނިޔޭގެ ގައުމު ތަކަށް އިންޓަނެޓު ވިއްކުން: ފައްޔާޒް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމާޒަކީ، މުސްތަގުބަލުގައި ރާއްޖެއިން ދުނިޔޭގެ އެހެން ގައުމުތަކަށް އިންޓަނެޓު ވިއްކުން ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ، އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލާ ރާއްޖެ ގުޅާލުމުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ކްރޮސްރޯޑްސް ގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

ފައްޔާޒްގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދު އެއްބަސްވުމުގެ ސޮއި ކުރެވުނު މަސައްކަތް ނިމުމާއެކު ހަމަހަމަ ކަމާއި ހެޔޮ އަގުގައި އިންޓަނެޓުގެ ހިދުމަތް ދެވިގެން ދާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ހަލުވި އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ ގޮތް ހެދުން ކަމަށެވެ. 

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، މިހާރު ރާއްޖެއިން ހަމައެކަނި އެކްސްޕޯޓް ކުރަމުންދަނީ މަސްވެރިކަމުގެ އެކި އުފެއްދުންތައް ކަމަށާއި، އެހެން ނަމަވެސް މި އިންފްރާސްޓްރަކްޗާ ގާއިމްވެގެން ދިއުމުން ރާއްޖޭގައި ޑޭޓާ ސެންޓަރުތަކާއި، އިންޓަނެޓުގެ ކެޕޭސިޓީ ފޯރުކޮށްދީގެން ރާއްޖެއިން ބޭރުގެ ގައުމަތަކާއި އެކު ވިޔަފާރި ކުރެވިދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. 

"މިވަގުތު އަޅުގަނޑުމެން މިކުރާ ހަމައެކަނި އެކްސްޕޯޓަކީ މަސްވެރިކަމުގެ އުފެއްދުންތައް. އެކަމަކު، މި އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއެކު، އަޅުގަނޑުމެންނަށް ޑޭޓާ ސެންޓަރުތަކާއި އިންޓަނެޓު ކެޕޭސިޓީ ފޯރުކޮށްދީގެން އެހެން ގައުމުތަކާ ވިޔަފާރި ކުރެވޭނެކަމަށް އުންމީދުކުރަން،" ފައްޔާޒް ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދު ވަކި ކަމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ރާއްޖެ ހެދުން ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. 

"މިވަގުތު އަޅުގަނޑުމެން މިކުރާ ހަމައެކަނި އެކްސްޕޯޓަކީ މަސްވެރިކަމުގެ އުފެއްދުންތައް. އެކަމަކު، މި އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއެކު، އަޅުގަނޑުމެންނަށް ޑޭޓާ ސެންޓަރުތަކާއި އިންޓަނެޓު ކެޕޭސިޓީ ފޯރުކޮށްދީގެން އެހެން ގައުމުތަކާ ވިޔަފާރި ކުރެވޭނެކަމަށް އުންމީދުކުރަން." ފައްޔާޒްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިއަދު ސަރުކާރުން އެޅި ސަބްމެރިން ކޭބަލްއާ އެކު، ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަރަހައްދުގެ އެހެން ގައުމުތަކާ ވެސް ގުޅައިލެވޭނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް