ads
އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު
ހައިކޯޓުގެ އަމުރު ބާތިލްކޮށް، ޑްރަގްގެ މައްސަލައެއްގައި ބަންދުގައިހުރި މީހަކު ދޫކޮށްލައިފި
ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައިކޯޓުން އަމުރު ކުރި މީހަކު ދޫކޮށްލުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.
Advertisement

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ އައްޑޫ ސިޓީ ހިތަދޫ މަންދޫބުގެ، ރުޝާން އަހުމަދު ދީދީ ދޫކޮށްލުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާ ދޫކޮށްލުމަށް ހުކުމް ކުރީ، އޭނާގެ ބަލި ހާލަތު ހުރި ގޮތުގެ ސަބަބުން ކަމަށެވެ. 

"ހައި ކޯޓުގެ ގަޒިއްޔާއިން ނިންމާފައިވާ ނިންމުން މިއަދުން ފެށިގެން 90 ދުވަހަށް ސަސްޕެންޑްކޮޮށް، މި މުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފީމެވެ." އަމުރުގައި ބުނެފައިވެއެވެ.

ރުޝާން ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރިނަމަވެސް، މަތީ ކޯޓަކުން ނެރޭ އެއްވެސް އަމުރެއް ބާތިލް ކުރުމުގެ އިހުތިޔާރު ދަށު ކޯޓަކަށް ލިބިފައި ނުވެއެވެ. އަދި މަތީ ކޯޓުތަކުން ނިންމާ ކޮންމެ ނިންމުމަކަށް ދަށު ކޯޓުތަކުން ތަބާ ވާންޖެހޭނެ ކަމަށްވެސް ގާނުނުގައި ބުނެފައިވެއެވެ. 

މި އަމުރާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ ހައި ކޯޓުގެ ހުކުމެއް ދިރި އޮއްވައި އެ ހުކުމް ސަސްޕެންޑުކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަމެއް ނޫން ކަމަށެވެ. 

އަދި މީހަކު ދޫކޮށްލަން ބޭނުން ނަމަ އެކަމަށް އެކަށީގެންވާ ސަބަބެއް ދައްކަން ޖެހޭނެ ކަމަށާއި، މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށް ޖޭއެސްސީއަށް ޝަކުވާ ހުށައަޅާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. 

"މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެއެވެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަން." ޝަމީމް ކުރެއްވި ޓުވީޓުގައި ވެއެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް