ads
ޅ.ހިންނަވަރު ބަނދަރުގެ ދެކުނު ފަރާތުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ/ އެމްޓީސީސީ
99.5 މިލިޔަން ރުފިޔާ އަށް ހިންނަވަރު ބަނދަރު ހަދަނީ
99.52 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ޅ. ހިންނަވަރު ބަނދަރުގެ ދެެކުނު ފަރާތުގެ އެއަގަމު ތޮށި ލުމުގެ މަސައްކަތް ވަނީ މިހާރު އެއްކޮށް ނިންމައި ފުރިހަމަ ކުރެއްވިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިހާރު ކުރިއަށްދަނީ ބަނދަރުގެ އުތުރު ފަރާތުގައި އެއްގަމު ތޮށި ލުމަށްޓަކައި ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތެވެ. 

އެގޮތުން އެ މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65،170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން ހިމެނެވެ. 

އަދި 421 މީޓަރުގެ ސަރަހައްދެއް ގައި އެއްގަމު ތޮށި ލުމާއި، 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް