ads
ރައީސް ސޯލިހު
ތައިރޮޑް ބައްޔަށް ފަރުވާ ހޯއްދެވުމަށް ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ
ތައިރޮއިޑް ބައްޔަށް ފަރުވާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހު ފަރުވާ ހޯއްދެވުމަށް ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. 

މިކަމާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާއަކަށް މިއަދުގެ ވަގުތެއްގައި ސިންގަޕޫރަށް ފުރަން ނިންމާފައި ވާކަމަށެވެ. އަދި މާތް ﷲ ގެ ވާގިފުޅާއި އެކި ފަރުވާގެ ކަންކަން ނިންމާ ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިކަމާއި ގުޅިގެން ރައީސް އޮފީހުން ބުނީ، ރައީސް ސޯލިހުގެ ސިއްހީ ހާލަތާއި، އަދި ސިންގަޕޫރުގައި ހޯއްދަވާ ފަރުވާގެ މައުލޫމާތު އާއްމު ކުރެވެން ނެތް ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ ކުރީ ކޮޅުވެސް ރައީސް ސޯލިހު ވަނީ ސިންގަޕޫރުގެ ހޮސްޕިޓަލަކުން އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ރައީސް އޮފީހުން މައުލޫމާތު ހިއްސާ ކޮށްފައި ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް