ads
މޫނުމަތީގެ އޮމާކަން އޭރާއި މިހާރު
މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މިކަންކަން ކޮށްލަ ބަލަ!
މޫނުގައި ބިހިނެގުމަކީ ކޮންމެ އުމުރެއްގައި ވެސް ދިމާވާ ކަމެކެވެ. މި ގޮތަށް ނަގައި ބިހި ރަނގަޅުވި ނަމަވެސް އެކުމުގެ ސަބަބުން މޫނުގައި ހުންނަ ކަޅު ލައްތައް ފިލުވާލުމަކީ އެހާމެ އުނދަގޫ ކަމެކެވެ.
Advertisement

މޫނުގައި ހުންނަ ލައްތައް ފިލުވުމަށް އެތައްހާސް ރުފިޔާ އެއް ހޭދަ ކުރާ މީހުން ވެސް އުޅެއެވެ. ތަފާާތު އެތައް ފަރުވާއެއް ހޯޯދި ނަމަވެސް މޫނު މަތީގައި ހުންނަ ލައްތައް ބައެއް ފަހަރު ފިލުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހެެއެވެ.

މިހުރިހާ ހަރަދުތަކެއް ކުރުމުގެ ބަދަލުގައި ގުދުރަތީ ގޮތުން ލިބެން ހުރި ތަކެތީގެ ބޭނުން ކޮށްގެން ތިމާގެ މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓިދާނެއެވެ. 

ފެން

ފެނަކީ  ހަންގަނޑަށް  ވަރަށް  ފައިދާވާ  އެއްޗެކެވެ. ހަންގަނޑުގެ ކުލަ  އަލި  ކޮށްދީ  އިތުރަށް  ތާޒާ  ކޮށްދެއެވެ. ދުވާލަކު މަދުވެގެން ދެ ލީޓަރު ފެން ބުއިމަށް އާދައަކަށް ވެއްޖެ ނަމަ އިސާހިތަކު ތިމާގެ މޫނުގެ ހަންގަނޑު ރީތިވެގެން ދާނެއެވެ.

ލުނބޯ 

ކެލްސިއަމާއި ޕޮޓޭސިއަމާއި ވިޓަމިން ސީ އަކީ ލުނބޯގައި އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ކުރަނިވި މާއްދާތަކެވެ. އެގޮތުން މިމާއްދާތަކުގެ ސަބަބުން ހަންގަނޑުގައި ހުންނަ ވީރާނަވެފައިވާ ސެލްތައް ރަނގަޅުކޮށްދެއެވެ. އަދި ހަންގަނޑު އޮމާންކޮށް ޒުވާންކޮށް މީހާ ހުރުމަށް ލުނބޯ އެހީވެދެއެވެ. 

ކިއުކަންބާ 

ކިއުކަންބާ އަކީ ހަންގަނޑު ރީތި ކުރުމަށްޓަކައި ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. އޭގައި ހިމެނޭ ޕޮޓޭސިއަމް، މެގްނީސިއަމް އަދި ސިލިކާ ގެ ސަބަބުން ހަންގަނޑަށް ގިނަ ފައިދާތަކެއް ކުރެ އެވެ. އެގޮތުން ލޯ ކައިރި ދުޅަވުން އަދި އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުންތައް ކިއުކަންބާ އިން ކުޑަ ކޮށްދެއެވެ.

އެލޯ ވެރާ 

އެލޯ ވެރާ އަކީ މޫނުގައި ނަގައި ބިހިތަކުގައި ހުންނަ ބެކްޓީރިޔާތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެވެ. މީގެ އިތުރުން ހަންގަނޑު އަލި ކޮށްދީ އޮމާން ކުުރުމަށް ވެސް އަލޯވެރާ އަކީ ރަނގަޅު އެއްޗެކެވެ. 

ގިނަ ފަހަރަށް މިކަހަލަ ކަންކަމަށް ހައްލު ހޯދުމަށް ތަފާތު އެކި ކަހަަލަ ކެމިކަލްތައް ބޭނުން ކުރެއެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ހަންގަނޑު އެއްކޮށް ހަލާކުވެ، މޫނުގައި ނަގައި ބިހި އިތުރުވެގެން ދެއެވެ. 

އިންސާނާގެ ހަމަކީ އެހާމެ ނާޒުކު އެއްޗެއް ކަމުން ހަމުގައި ބާރުގަދަ ކެމިކަލްތައް އުނގުޅުމުގެ ބަދަލުގައި ގުދުރަތީ އެކި އެއްޗެހި ބޭނުން ކުރުމަކީ ބުއްދިވެރި ކަމެވެެ.

58%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް