ads
ލ. ގަން ރެޑްފިޝް، އަލީ ހަމްޒާ
ވާރިސުން ބޭނުންވީ މަރުގެ ދިޔަ، އެކަމުގެ ރައްދަށް ހުތުރު ބަހެއް ބުނުމުން 15 ދުވަހަށް ޖަލަށް
2015 ވަނަ އަހަރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބާންދު ޝަހުމިޔާ މަރާލި މައްސަލާގައި ވާރިސުންގެ ބަސް ނެގުމަށް ކުރިއަށްދިޔަ އަޑުއެހުމުގައި ކުށުގެ ތުހުމަތުވާ ލ. ގަން ރެޑްފިޝް، އަލީ ހަމްޒާ، ކޯޓުގައި ހުތުރު ބަހެއް ބޭނުންކުރުމުން 15 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
Advertisement

2015 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަނޑުގެ 10:00 ހާއިރު، ބަގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަހުމިޔާ އަށް ދިން ހަމަލާއެއްގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ. 

ޝަހުމިޔާގެ މަރުގެ މައްސަލައިގައި ދައުލަތުން ހަމްޒާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، ލ. ގަން ރަންދާނުގެ ފެންޑާގައި ޝަހުމިޔާ ނިދާފައި އޮއްވައި، ދިގުމިނުގައި ތިން ފޫޓު ހުންނަ ލަކުޑި ފަތިބުރިއަކުން ޝަހުމިޔާގެ މޫނުގައި ހަމްޒާ ޖަހާފައިވާ ކަމަށާއި، ޝަހުމިޔާ މަރުވީ އެ އަނިޔާއިން ލިބުނު ޒަހަމުތަކުގެ ސަބަބުން ކަމަށެވެ.

ތަހުގީގު މަރުހަލާގައި ހަމްޒާ ކުށަށް އިއުތިރާފްވި ނަމަވެސް ކޯޓު މަރުހަލާގައި ހަމްޒާ ވަނީ ކުށަށް އިންކާރުކޮށްފަ އެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ވާރިސުންގެ ބަސް ނެގުމުގެ މަރުހަލާއެވެ.

މިއަދު އޮތް އަޑުއެހުމުގައި ޝަހުމިޔާގެ ވާރިސުން ވަނީ މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައެެވެ. އޭގެތެރެއިން ޝަހުމިޔާގެ ފިރިހެން ދަރިފުޅުގެ ބަސް ނަގާ ނިމުނު ތަނާހެން ހަމްޒާ ވަނީ ދެއްކިވާހަކައިގެ ތެރެއިން ހުތުރު ބަހެއް ބޭނުންކޮށްފައެވެ. 

ޝަރީއަތުގެ މަޖިލީހުގައި ހުތުރު ބަސް ބޭނުންކުރުން ބަލަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައެވެ. އެހެންކަމުން ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް ހަމްޒާގެ މައްޗަށް އިއްވާފައެވެ.

އެ ހުކުމަށްފަހު ވެސް ހަމްޒާ ބުނެފައިވަނީ އޭނާއާ މެދު ޝަރީއަތުންނާއި ކަރެކްޝަނަލް ސާވިސަސް އިން ބޭއިންސާފުން އަމަލު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި ހަމްޒާގެ މައްޗަށް ސިބްހުލް އަމްދުގެ މަރުގެ ކުށް ސާބިތުވެފައިވާ ކަމަށް ކުރިން ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް