ރައްޔިތުން މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކުން އެގޭގޮތުގައި މިމަހުގެ 23 ގެ ނިޔަލަށް ބަޖެޓުން 3,085.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ހަރަދުކޮށްފައިވާ ގޮތް
- ރިކަރަންޓް ހޭދައިގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ
- އެޑްމިނިޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސަސްގެ ގޮތުގައި 1.4 ބިލިއަން
- ކެޕިޓަލް އެކްސްޕެންޑިޗާއަށް 699.4 މިލިއަން
- ކެޕިޓަލް ހަރަދުގެ ތެރެއިން ތަކެތި ގަންނަން 8.6 މިލިއަން ރުފިޔާ
- ބިންތަކާއި އިމާރާތްތަކަށް 233.4 މިލިއަން
- އިންފްރާސްޓްރަކްޗާ އެސެޓުގެ ގޮތުގައި 295.0 މިލިއަން ރުފިޔާ
36.9 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މިހާތަނަށް 3 ބިލިއަން ހަރަދުކުރެވިފައިވާއިރު، މިއަހަރުގެ ބަޖެޓުން ހަރަުދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 34.10 ބިލިއަނެެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް ފާސް ކޮށްދީފައިވާ ބަޖެޓުން ވެސް ހަރަދުތައް ހަމަނުޖެއްސި، ބަޖެޓު އިތުރުކުރަން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފިނޭންސް މިނިސްޓްރީން ވަނީ ހުށަހަޅާފައެވެ.
މިއަހަރަށް މަޖިލީހުން ފާސް ކޮށްދީފައި ވަނީ 34.9 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ. މިދިޔަ އަހަރު ބަޖެޓު ހުށަހެޅި އިރު އާމްދަނީ ހޯދަން ކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެެ. އަދި ކޮވިޑާއި ގުޅިގެން ހަރަދުތައް އިތުރުވިއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއްވެސް އެޅިއެވެ. ނަމަަވެސް ހަރަދުތައް ހަމަ ނުޖެއްސި އިތުރު 2.24 ބިލިއަން ރުފިޔާ ހޯދަން ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅާފައި މިދިޔަ އަހަރު ނޮވެމްބަރުގެ ތެރޭގައެވެ.