ads
ފޮޓޯ ގޫގްލް
ނެޓްފްލިކްސް އެންމެ މަޤުބޫލު 5
ނެޓްފްލިކްސް އަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު މުނިފޫހި ފިލުވާލުމުގެ ގޮތުން ފިލްމާއި ސީރީސްގެ އިތުރުން މިޔުޒިކް ވެސް އޭގެން އަޑުއަހައި ބަލާލުމަށް ބޭނުން ކުރަމުން އަންނަ މައިގަނޑު އެޕްލިކޭޝަންއެވެ.
Advertisement

ނެޓްފްލިކްސް  އަކީ ރާއްޖޭގައި ވެސް މިހާރު އެންމެން ކަހަލަ ގޮތަކަށް ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގައި އެކި ސަރަހައްދުގެ އެކި ސަޤާފަތާއި ހަޤީޤީ ހަދިސާތައް ހިމެނޭ ޑޮކިއުމަންޓަރީ ތަކާއި އެކި ގައުމު ތަކުގެ ފިލްމުތަކުން ފެށިގެން ގޮސް ބޮލީވުޑް އާއި ހޮލީވުޑްގެ މަސްޙޫރު ފިލްމުތައް ހިމެނެއެވެ.

އެގޮތުން ފާއިތުވެ ދިޔަ އަހަރުން ފެށިގެން މިހާތަނަށް ނެޓްފްލިކްސް އިން އެންމެ ގިނައިން މީހުން ސްޓްރީމް ކޮށްފައިވާ ފިލްމް ތަކާއި ސީރީސް ތަކަށް ބަލާލާނަމެވެ.

ލުޕިން

މިއީ ދުނިޔޭގެ ދެކުނުގެ އެންމެ މޮޅެތި އުކުޅުތައް ބޭނުން ކޮށްގެން ތިޖޫރީތަކާއި އަގު ބޮޑެތި އާރޓްސް އަދި ސިފަ ބަދަލު ކޮށްގެން ބޮޑެތި އަދަދު ތަކުން ފައިސާއާއި މުދާ ގެއްލުވާލި އާރސެން ލުޕިންގެ މައްޗަށް ހަދާފައިވާ ސީރީސް އެކެވެ.

މެއިޑް

ސްޓެފެނީ ލޭންޑްގެ ވާހަކައިގެ މައްޗަށް ބިނާކޮށް ނެރެފައިވާ މި ސްކްރީން ޕްލޭއަކީ އެކަނިވެރި މަޔަކު ދަރިއަކު ބަލާ ބޮޑު ކުރަން ކުރި މަސައްކަތާއި ތަހައްމަލްކުރި އެކި ތަކުލީފް ހާމަކޮށްދޭ ވަރަށް ވެސް އަސަރުން ފުރިގެންވާ ފިލްމެކެވެ.

ސްކުއިޑް ގޭމް

ސްކުއިޑް ގޭމް އޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ނޭނގޭނެ މީހަކު ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނެޓްފްލިކްސްއިން ވަނީ ބޮޑު އާމްދަނީއަކާއި ކާމިޔާބީއެއް މި ސީރީސްގެ ޒަރިއްޔާއިން ހޯދާފައިވެއެވެ. ދުނިޔޭގެ މަޤުބޫލު އެކި ތަރިންވެސް ދަނީ މި ސީރީސް ރަމްޒު ކޮށްދޭ އެކި އެކި އުފެއްދުންތަކާއި ލަވަތަކުގެ އިތުރުން ސީރީސް އަށް ތާއީދުކޮށް މީސް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.

މަނީ ހެއިސްޓް

ސްޕެނިސްގެ މި ސީރީސް އަކީ ވެސް އިތުރު ތައާރަފަކަށް ބޭނުން ނުވާނެ ސީރީސް އެކެވެ. މި ސީރީސް އަކީ ތަފާތު އަދި އެހާމެ ބޮޑު ފޭން ބޭސް އެއް ފެށުނީއްސުރެ އޮންނަ ސީރީސްއެކެވެ. ތަފާތު އެކި އުކުޅުތަކާއި ހިތާމައިގެ އިތުރުން ލޯބި ދައްކުވައިދޭ މި ސީރީސް އަކީ އަބަދުވެސް އެހާމެ މަޤުބޫލު ސީރީސްއެކެވެ.

ސެކްސް ލައިފް

ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ނެތަސް މި ސީރީސްއަކީ ނެޓްފްލިކްސް ވޯރލްޑް ވައިލްޑް ރޭންކިންގ ގައި މިހާރު 5 ވަނައަށް އޮތް ސީރީސްއެވެ. ކައިވެންޏެއް ކޮށްގެން އުޅޭ ދެބައި އުމުރުގެ މަންމައެއް އޭނާގެ ކުރީގެ މާޒީ އިޔާދަކުރުމަށް އުޅުމުން އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލްތައް މި ސީރީސްއިން ދައްކުވައިދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް