މިދިޔަ އަހަރު އެންމެ މަޤުބޫލުކަން ހޯދި ޕުޝްޕާއަކީ ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް ނެރިފައިވާ ފިލްމެކެވެ. އެގޮތުން އިންޑިއާގެ ވަކި ހާއްސަ ސަރަހައްދަކުން ނޫނީ ލިބެންހުންނަ ޒާތުގެ ލަކުޑި އެއް އެގައުމުގެ ސަރުކާރަށާއި ފުލުހުންނަށް ވަގަށް އެކްސްޕޯޓް ކުރާ މަންޒަރު ދައްކުވައިދޭ މި ފިލްމަކީ އޭގައި ލޯބީގެ ކުލަވަރު ވެސް ވަރަށް ފުރިހަމަ އަށް ދައްކުވައިދޭ ފިލްމެކެވެ.
މި ފިލްމަށް ވަނީ ބޮޑު އާމްދަނީ އެއް ލިބި އެވޯޑް ތަކަށް ވެސް ނޮމިނޭޓް ވެފައެވެ. ޕުޝްޕާ 2 ގެ ސްކްރިޕްޓްގެ މަސެއްކަތް މިހާރު ޑިރެކްޓަރުން ފަށާފައިވާ އިރު ކާސްޓުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ހަމަ ކުރީގެ ފިލްމުގައި ހަރަކާތް ތެރިވި ފަންނާނުން ކަމަށް ފިލްމުގެ ޑިރެކްޓަރު ސުކޫމަ ވަނީ މައުލޫމާތު ދީފައެވެ.
އިންޑިއާގެ ބައެއް ނޫސްތައް ބުނާގޮތުން މި ފިލްމުން އަރުޖުންއަށް ލިބިގެން ދިޔަ އާމްދަނީ އަކީ ފާއިތުވި އަހަރު ވެސް ތަރިއަކަށް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލްމަކުން ލިބުނު އެންމެ ބޮޑު އެއް އާމަދަނީ އެވެ. އެގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ނެރުނު މި ފިލްމަށް ވަނީ ސިނަމާ ތަކުގައި އެޅުވިތާ ހަފްތާއެއްގެ ތެރޭގައި މިލިއަނެއްހާ ޑޮލަރުގެ ފައިދާއެއް ވެފައެވެ.
އައްލޫ އަރްޖުންއަކީ މި ނޫނަސް ކާމިޔާބު ފިލްމު ތަކުގައި ހަރަކާތްތެރިވެ މޮޅު ހުނަރު ދައްކައިފައިވާ ފަންނާނެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާ ބޮލީވުޑްގެ ފިލްމު ތަކުން ފެންނާނެ ކަމުގެ ހަބަރުތައް މީޑިއާގައި ވަނީ އާއްމު ވެފައެވެ.