ads
ރައީސް ސޯލިހް---
އޮޕަރޭޝަނަށް ފަހު ރައީސް ސޯލިހު ހޮސްޕިޓަލުން ދޫކޮށްލައިފި
ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ތައިރޮއިޑްގެ ބޭސް ފަރުވާއަށް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. 

އޭގެ އެއް ދުވަސް ފަހުން އެމަނިކުފާނު ކުރެއްވި އޮޕަރޭޝަން ކާމިޔާބު ކަމަށް އޮޕަރޭޝަނަށް ފަހު ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އަނބުރާ ދިވެހި ރާއްޖެއަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނަށް ހެޔޮ ދުއާ ކުރެއްވި އެންމެ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށްވެސް ރައީސް ވަނީ ޓްވީޓުގައި ވިދާޅުވެފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ ކުރީ ކޮޅުވެސް ރައީސް ސޯލިހު ވަނީ ސިންގަޕޫރުގެ ހޮސްޕިޓަލަކުން އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާފައެވެ. 

އެހެން ނަމަވެސް މިކަމާއި ގުޅިގެން ރައީސް އޮފީހުން މައުލޫމާތު ހިއްސާ ކޮށްފައި ނުވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް