ads
ބީއެމްއެލް އިން ވަނީ ޓީޓީ ފޮނިވުމަށް ފަސޭހަ ގޮތްތަކެއް ހަދާފައި
އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ޓީޓީ ފޮނުވުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފި
ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް ޓްރާންސްފަ(ޓީޓީ) ފޮނުވުމަށް ހެޔޮ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފިއެވެ.

 މިގޮތުން އިންޓަނޭޝަނަލް ޓްރާންސްފަ ހިދުމަތަށް ގެނެވުނު ބަދަލުތަކަކީ:

  • ގިނަ ޑޮކިއުމަންޓް އެޓޭޗްކުރެވުން
  • ޓީޓީ ހެދުމަށް ބޭނުންވާ ޔޫއެސް ޑޮލަރު ގަތުމަށް އެދި ހުށަހެޅުން
  • ޓީޓީގެ ޗާޖު ކަނޑަންވީ އެކައުންޓް ހިޔާރު ކުރެވުން
  • ޓީޓީ ޕްރޮސެސްވުމުން އާ ފޯމެޓެއްގައި ކޮންފަމޭޝަން ރިސީޕްޓެއް ލިބުން

މިއަހަރުގެ އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް އިންޓަނޭޝަނަލް ޓްރާންސްފަ ހިދުމަތް ބަލައިގަތުން ހުއްޓާލުމަށް ބޭންކުން ވަނީ ނިންމާފައެވެ. ބޭންކުން ބާރުއަޅަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުން އިންޓަނޭޝަލް ޓްރާންސްފަގެ ހިދުމަތް ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް