ads
ފަޅުރަށެއް: ވަރުވާއަށް ދޫކުރުމުގެ ގަވާއިދެއްވަނީ އެކުލަވާލާފައި
ރައްކާތެރިކަން ނެތް ގަވާއިދު، ބޮޑު މީހާއަށް މޮޅުގޮތް!
އެންމެ ކުރީ ޒަމާނުން ފެށިގެން ވެސް ފަޅުރަށްތައް ވަރުވާއަށް ދީފައި ހުންނަނީ އޭރަކު ވެރިކަމުގެ ބާރުގައި ތިބޭ މީހުންނަށެވެ. ވެރިކަން ހިފަހައްޓާ ނަގަހައްޓަން ކައިރީގައި ތިބޭ މީހުންނަށެވެ. މިނިސްޓްރީ ތަކުގެ ވެރީންނާއި މަތީ މަގާމު ތަކުގައި ތިބޭ މީހުންނަށެވެ. އެމީހުންގެ އަތުން ދެން ލިބެނީ ރަށުގައި ހުންނަ ކަތީބަކަށް ނުވަތަ ވެރިއަކަށެވެ. އަސްލު ރަށުގެ މަސައްކަތްތައް ކުރާ މީހާއަށް ލިބެނީ އޭގެ ފަހުންނެވެ.

އޭނާ އާ ހަމައަށް އަންނައިރު ޝަރުތު ތަކެއް އޮންނަނީ ކުރިމަތި ކުރުވާ ފައެވެ. ކާއްޓާއި، ދަރާއި، ވެއްޔާއި މިނޫން ވެސް ރަށުން ލިބޭ ނަފާގެ ބޮޑު ބައެއް މާލޭގައި ހުންނަ ރަށްވެރިޔާއަށާއި، ރަށުގައި ހުންނަ ރަށްވެރިޔާ އަށް ދޭން ޖެހޭ ގޮތަށެވެ. އިތުރު ބުރަ އާ އެކު ރަށް ބަލަހައްޓަން އޭނާ އަށް އޮންނަނީ ޖެހިފައެވެ. 

މި ގޮތްގަނޑަކީވެސް ފާޑުކިއުން އިންތިހާއަށް އަމާޒުވި ސްޓައިލެކެވެ. މިގޮތަށް މަސައްކަތް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ގިނަ ބަޔަކު ވަކާލާތު ކުރަމުން ދިޔަ އެވެ. އެހެން ނަމަވެސް އެ ވައްޓަފާޅި ބަދަލުވަމުން ދާތަނެއް ނުފެނެ އެވެ. ފަހުން މިހެދި ގަވާއިދުން ރަށްތައް ނަގާ މީހުންނަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިއުމެއް ހަވާލު ކުރެ އެވެ. އެއްބަސްވުމެކެވެ. 

ގަވާއިދު ބުނަނީ މިހެންނެވެ. "މި ގަވާއިދާ ނުވަތަ ފަޅުރަށެއް ވަރުވާއަށް ދިނުމުގެ އެއްބަސްވުމާ، ފަޅުރަށް ވަރުވާއަށް ދީފައިވާ ފަރާތުން ހިލާފު ނުވިނަމަވެސް، ފަޅުރަށް ވަރުވާއަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ރަށެއް ސަރުކާރުގެ ބޭނުމަށް ނަގަން ޖެހިއްޖެ ނަމަ، ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތަށް ނޯޓިސް ދިނުމަށް ފަހު، އެއްބަސްވުން ބާތިލުކޮށް، ވަރުވާއަށް ދޫކޮށްފައިވާ ރަށް ވަކިކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ."

މިކަހަލަ ގަވާއިދުތަކުގެ ބޭނުން އާންމުކޮށް މިހާރު ހިފަނީ ސިޔާސީ ބޭނުން ތަކަށެވެ. ރުހޭ މީހާއަށް ދީފައި ނުރުހޭ މީހާއަށް ނުދިނުމުގެ އުސޫލެވެ. އަދި ކިތަންމެ ރަނގަޅަށް ރަށް ބަލަހައްޓަމުން ދިއަ ނަމަވެސް އެ މީހެއްގެ ސިޔާސީ ވިސްނުން ހުންނަ ގޮތަކުން ރަށްތައް ވަކިކުރެވިގެން ދެ އެވެ. ޒަމާނުއްސުރެ ހިނގަމުން އައިގޮތަށް މާބޮޑު ބަދަލުތަކެއް އައިހެނެއް ހިއެއް ނުވެއެވެ. 

your imageރާއްޖޭގެ ރަށެއް

"އަނެއް ވާހަކަ އަކީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުއާ ނުވަތަ މި ގަވާއިދާ ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ދިނުމުގެ އެއްބަސްވުމާ، ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުން ހިލާފުވެއްޖެ ހިނދެއްގައި، ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުން އެ ރަށް ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ." އިހްތިޔާރު ލިބިފައި އޮންނާތީ ވަކި ނުކޮށް ބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ދެން އޮތް އަނެއް ވާހަކަ އަކީ އެ "ގަވާއިދުގެ ދަށުން ފަޅުރަށެއް ވަރުވާއަށް ހިފައިފައިވާ ފަރާތުން އެ ރަށެއް ވަކިކުރާ ހާލަތުގައި، ވަރުވާއަށް ހިފައިފައިވާ ފަރާތަށް އެ ރަށާ ގުޅިގެން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެ ވާހަކަ އެވެ. ނަމަވެސް، ވަރުވާއަށް ހިފައިފައިވާ ފަރާތުގެ އަމިއްލަ އުފުލޭ މުދާ ގެންދިޔުމަށް މިނިސްޓްރީން ކަނޑައަޅާ މުއްދަތެއް މިނިސްޓްރީން ދޭންވާނެއެވެ."

ދިހަ އަހަރު ދުވަހުގެ މުއްދަތަށް ރަށް ކުއްޔަށް ދިނުން ރަނގަޅެވެ. އެކަމަކު ޕްލޭނެއް ކޮށްގެން ކަމެއް ހިންގުމުގެ އިހްތިޔާރެއް ނެތެވެ. އެކަމުގެ ހެއްކަކީ ރަށް ކިތަންމެ ރަނގަޅަށް ތަރައްގީ ކުރަން ޕްލޭން ހެދި ނަމަވެސް މިގަވާއިދަކުން ރަށް ކުއްޔަށް ނަގާ މީހާ ހިމާޔަތް ކޮށެއް ނުދެ އެވެ. ސަރުކާރުން ބޭނުންވީމަ ބޭނުން އިރަކު ރަށް ނެގެއެވެ. ގަވާއިދާ ހިލާފު ވެއްޖެއޭ ކިޔާފައި ރަށް އަތުލަންވީ އެވެ. ބޭނުންއިރަކު އަތުލަންވީ އެވެ.  

އަނެއްކަމަކީ ރަށް ހިފާ ފަރާތުން ކުރަން ޖެހޭ ކަންކަމުގެ ވާހަކަ އެވެ. ގަވާއިދުގައި ވާގޮތުން ފަޅު ރަށްރަށް ވަރުވާއަށް ހިފާ ފަރާތުން، ރަށަށް ގެއްލުން ލިބުނަ ނުދީ، ރަށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސަން ވާނެ އެވެ. އަދި ރަށް ބަލަހައްޓާ މީހުން ރަށުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ރަށުގައި ހަދަންވާނެ އެވެ. މިފަދައިން ތަނެއް ހެދުމުގައި، ތަނުގެ ޑިޒައިނާއެކު މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަން ޖެހެއެވެ.

ވަރުވާއަށް ހިފައިފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، ރަށުގެ ފަސްގަނޑުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިޚްތިޔާރެއް، ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެނެއް ނުވެއެވެ. އެއީ އެމީހާ ހައްދާފައި ހުރި ގަސްތައް ކަމަށް ވިޔަސް ވެހެވެ. 

މި ގަވާއިދުގެ ސަބަބުން ރަށް ވަރުވާ އަށް ހިފާ މީހާއަށް ލިބެނީ ކޮން ފައިދާ ތަކެއް ބާވައެވެ. މިހާރު ރާއްޖޭގައި ކަންކަން ހިނގާ އުސޫލަށް ބަލާއިރު ރަށެއް ލިބޭނީ ވެސް މިނިސްޓްރީގައި ނުވަތަ ކައުންސިލްގައި ހުންނަ ކޮންމެ ވެސް މީހަކަށް "ކަޓެއް" ދީގެންނެވެ. ރަށް ނަގައިގެން ރަށުގައި މަސައްކަތް ފެށެން އޮތީ ރަށުގައި ހަދާ ގޭގެ ޑިޒައިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅައި އެ ފާސްކޮށްގެންނެވެ. ރަނގަޅަށް މަސައްކަތް ނުފެށިގެން އުޅެނިކޮށް ވެރިކަން ބަދަލު ވުމުން ދެން ހުރިހާ ކަމެއް ޖެހެނީ އެކޮޅު ކޮޅުން ނެވެ. އަލަށް ވެރިކަމަށް ބަޔަކު އަތުވެއްޖެ ނަމަ ކުރުން ވެރިކަން ކުރި މީހުން ކުރި ހުރިހާ ކަމެއް ގޯސްވެގެންދެ އެވެ. 

އެއަށްވުރެ ވެސް ބޮޑު މައްސަލައަކީ އިހަކަށް ދުވަހު ގަވާއިދެއް ހަދައި އާންމު ކުރިއިރު އެ ގަވާއިދުން ލިބޭނެ މަންފާ އަކީ ކޮބައިކަން ނޭނގުމެވެ. އެންމެ އިހުގައިވެސް ކަން ހިނގާ ގޮތް ގަވައިދަކަށް ހަދައި ލިޔެލީ އެވެ. އިތުރު އެހެން ކަމެއް އެއަކުން ނުފެނެ އެވެ. އާނއެކެވެ. ހަމަ "އިހުތިބިހެން"ނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް