ads
ފްލޯޓިން ސިޓީ ތަރައްގީކޮށް ނިމޭ އިރު ހުންނާނެ ގޮތް——
ފްލޯޓިން ރަށްތަކުން ކުލި ނަގާނެ ގޮތް އާންމުކޮށްފި
މާލޭ ސަރަހައްދުގެ ފަޅުތެރޭގައި ހަދަން ފްލޯޓިން އައިލެންޑް ނުވަތަ ފްލޯޓިން ރަށްތަކުން ކުލި ނަގާނެ ގޮތުގެ ގަވާއިދު އާއްމުކޮށްފި އެވެ.
Advertisement

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޕްރައިވެޓް އައިލެންޑް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި ހަދައިފައިވާ "ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު" ގައި ވާގޮތުން ކުއްޔަށްދީފައިވާ ރަށްރަށާއި، ބިންބިމާއި ، ފަޅުތަކުގެ ލޭންޑް އޭރިއާކަމަށް ކަނޑައަޅާނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އޭރިއާއެވެ. 

ރަށް ނުވަތަ ބިން ނުވަތަ ފަޅު ތަރައްޤީކޮށް ނިމި، އޮޕަރޭޓިން ލައިސަންސް ހޯދުމުގެ ކުރިން ނުވަތަ އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅު ތަރައްޤީކޮށް ނިމިފައި ނުވާ ހާލަތުގައި ވެސް އެ ރަށެއްގެ ނުވަތަ އެ ބިމެއްގެ ނުވަތަ އެ ފަޅެއްގެ ކުލި ހިނގަން ފަށާ ހާލަތެއް މެދުވެރިވާނަމަ، ކުލި ހިނގަން ފެށުމުގެ ކުރިން އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ހިފައިފައިވާ ފަރާތުން އެ ތަނެއްގެ ލޭންޑް ސަވޭ ރިޕޯޓު މިނިސްޓްރީއަށް ހުށަހަޅައިގެން، އެ ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރަންވާނެއެވެ. ލޭންޑް އޭރިއާ ކަމުގައި ބަލާނީ، އެ ކަމަށް ޓަކައި ކުރާ ސާރވޭއަކުން ކަނޑައަޅާ ލޭންޑް އޭރިއާއެވެ. އަދި މި ސަވޭ ކުރުމަށްފަހު، ލޭންޑް ސަވޭ ރިޕޯޓު މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ، އެތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތުންނެވެ. އަދި ސަވޭ ކުރުމަށް އެއްވެސް ހަރަދެއް ކުރަންޖެހޭނަމަ، އެހަރަދެއް ވެސް ކުރާނީ، ކުއްޔަށް ހިފައިފައިވާ ފަރާތުންނެވެ.

ގަވާއިދުގައި ވާގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގައި އިމާރާތް ކުރުމުގެ ބޭނުމަށް މޫދުގެ ލޮނުގަނޑުގެ މަތީގައި އުފުލޭގޮތަށް ތައްޔާރުކުރާ ރަށްތަކުގެ (ފްލޯޓިން އައިލެންޑްސް) ނުވަތަ ޕްލެޓްފޯމްތަކުގެ ސަރަޙައްދު ވެސް ހިމެނޭނީ، ފަޅުގެ ލޭންޑް އޭރިއާގެ ގޮތުގައެވެ. އެގޮތުން، ލޭންޑް އޭރިއާ ހިސާބުކުރާނީ، އެ ފަދަ ރަށްތަކާއި ޕްލެޓްފޯމްތައް ކަނޑުގެ ލޮނުގަނޑުގައި ބީހޭ ހިސާބުގެ މައްޗަށް ބިނާކޮށެވެ.

ގަވާއިދުގައި ވާގޮތުން ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށްފަހު ކުލި ދައްކަންވާނީ، ފަހުން ރަޖިސްޓަރީކުރި ލޭންޑް އޭރިޔާއަށް ބިނާކޮށެވެ. ލޭންޑް އޭރިއާ ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބެލަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން އާ ލޭންޑް އޭރިއާ ރަޖިސްޓަރީކުރިކަން ބަޔާންކޮށް ރަށް ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިޔުމެއް ދޫކުރުމުންނެވެ. 

އެ ގަވާއިދުގައިވާ ގޮތުގެ މަތީން ރަށުގެ ނުވަތަ ބިމުގެ ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށްފަހު، ލޭންޑް އޭރިއާ ރިވިއު ނުކުރާ ހާލަތުގައި ޤުދުރަތީގޮތުން ރަށް ވޮޑުމުގެ ސަބަބުން ނުވަތަ ރަށް ގިރުމުގެ ސަބަބުން ބިމުގެ ބޮޑުމިނަށް އަންނަ ބަދަލަކުން، ރަށުން ނުވަތަ ބިމުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް ލޭންޑް އޭރިއާ ރަޖިސްޓަރީކުރުމަށްފަހު، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ލޭންޑް އޭރިޔާ ބޮޑުކޮށްފިނަމަ، ރަށުގެ ނުވަތަ ފަޅުގައި ހިއްކައިފައިވާ ބިމަށް އަންނަ ބަދަލާ އެއްގޮތަށް، ނުވަތަ ބިމުގެ ބޮޑުމިނަށް އަންނަ ބަދަލާ އެއްގޮތަށް، އެ ރަށަކުން ނުވަތަ އެ ފަޅަކުން ނުވަތަ އެ ބިމަކުން ދައްކަންޖެހޭ ކުއްޔަށް ބަދަލު ގެންނާނެ ކަމަަށްވެސް ގަވާއިދުގައިވެއެވެ. 

ގަވާއިދުގައި ވާގޮތުން ފަަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނީ، ސަރުކާރުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު އެމެރިކާ ޑޮލަރުންނެވެ. 

ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓް ބަނދަރާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޕްރައިވެޓް އައިލެންޑް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި އަހަރު ގުނަން ފަށާނީ ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށެވެ. ސަރުކާރަށް ކުލި ދައްކަމުން ގެންދާނީ، ކޮންމެ އަހަރަކު ދައްކަންޖެހޭ ކުލި، ހަތަރު ބަޔަށް (ކުއާޓަރަށް) ބަހައިލައިގެން ކަމަށާއި، ކޮންމެ ކުއާޓަރެއްގެ ކުލި، އެ ކުއާޓަރެއް ފެށޭ ދުވަހުގެ ކުރިން ސަރުކާރަށް ދައްކަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.

އެ ކުލި ނުދައްކާނަ 50،000 އާއި 100،000 އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަަމަށް ގަވާއިދުގައިވެެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ތަރައްގީކުރެވޭ ފްލޯޓިން 5،000 ގެ އެޅުމުގެ މަސައްކަތް، ސަރުކާރުން ހަވާލުކުރި، ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސޮއި ކޮށްފައެވެ. މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގަައި ފަސް މިނެޓުން ދެވޭ މި ފްލޯޓިން ލޭންޑުގައި ތަރައްގީ ކުރާ 5000 ގެތަކުގެ ތެރެއިން ފުރަތަމަ ގެ ކުރިއަށް ރޯދަމަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް