ads
ފްލޯޓިން ސިޓީ ތަރައްގީކޮށް ނިމޭ އިރު ހުންނާނެ ގޮތް———
ރާއްޖޭގައި ހަދާ ފުރަތަމަ 5000 ފްލޯޓިން ގެ: ފުރަތަމަ ގެތައް ރޯދައަށް ނިމޭނެ!
މާލޭ ސަރަހައްދުގެ ފަޅުތެރޭގައި ހަދަން ނިންމާފައިވާ 5000 ފްލޯޓިން ގެތަކުގެ ތެރެއިން ފުރަތަމަ ގެތައް ރޯދަމަހަށް ނިންމާލެވޭނެ ކަމަށް އެމަސައްކަތް ކުރަމުންދާ ކޮންސްޓްރަކްޝަން ކުންފުނި ބައިސަން މޯލްޑިވްސް އިން ބުނެފި އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ތަރައްގީކުރެވޭ ފްލޯޓިން 5،000 ގެ އެޅުމުގެ މަސައްކަތް، ސަރުކާރުން ހަވާލުކުރި، ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސޮއި ކޮށްފައެވެ.

މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގަައި ފަސް މިނެޓުން ދެވޭ މި ފްލޯޓިން ލޭންޑުގައި ތަރައްގީ ކުރާ 5000 ގެތަކުގެ ތެރެއިން ފުރަތަމަ ގެ ކުރިއަށް ރޯދަމަހަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފުރަތަމަ ހަދާ ގެތައް ނިމުމުން ފްލޯޓިން ސިޓީއަށް ޒިޔާރާތް ކުރަން އާއްމުންނަށް ހުއްދަ ލިބިގެންދާއިރު، އެ ސަރަހައްދުގައި ތަރައްގީކުރާ އެހެން ގެތައްް ބަލާލުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެެއެވެ. 

your imageފްލޯޓިން ސިޓީ ތަރައްގީކޮށް ނިމޭ އިރު ހުންނާނެ ގޮތް——

މި ސިޓީގައި މިޑްލް ރޭންޖުން ހައި-އެންޑްގެ ގެތައް ހުންނައިރު، ގެތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާގަ އެވެ. ފްލޯޓިން ސިޓީގެ މި ގެތައް އިންސްޓޯލްމެންޓް އުސޫލުގެ އިތުރުން މޯގޭޖް އުސޫލުން ލޯނު ނަގައިގެން ގަތުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. 

މި ފްލޯޓިން ލޭންޑުގައި ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލުގެ އިތުރުން މޯލް ތަކާއި، ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ބައިސަން މޯލްޑިވްސްގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓާ އަބްދުލް މަޖީދު ވިދާޅުވީ، މިފަދަ ތަފާތު ޕްރޮޖެކްޓެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށާއި، އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލުން ކަމަށެވެ. 

13%
ކަމުގޮސްފި
88%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް