ads
ގުލްޒާން މާހިރު
ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް އަށް ގުލްނާޒް މާހިރު
ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމްސް ސާވިސް އަށް ގުލްނާޒް މާހިރު ހަމަޖައްސައިފިއެވެ.

ގައުމީ ބޭންކުން ބުނީ ގުލްނާޒް އެ ބޭންކާއި ގުޅި ވަަޑައިގަތީ 13 އަހަރު ދުވަހު ކަސްޓަމާ އެކްސްޕީރިއަންސް މެނޭޖުމަންޓުގެ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ފަހު ކަމަށެވެ. އޭގެ އިތުރުން ވެސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ރެވެނިއުގެ ދާއިރާގައި ވެސް ޖުލްނާޒް މަސައްކަތް ކުރައްވާފައިވެއެވެ.

ބޭންކާއި ގުޅުމުގެ ކުރިން ގުލްނާޒް އަކީ އުރީދޫ މޯލްޑިވްސްގެ ކަސްޓަމާ ސާވިސްގެ އެންމެ އިސްވެރިއާއެވެ. 

ގުލްނާޒް ވަނީ އިކޮނޮމިކްސް އެންޑް ފައިނޭންސް ގެ ދާއިރާއިން ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން މާސްޓާސް ޑިގުރީ ހާސިލު ކުރައްވާފައެވެ. 

"އަޅުގަނޑު ވަރަށް އުފާވާކަމެއް ގުލްޒާން މި ބޭންކާއި ގުޅި ވަޑައިގަތުމަކީ. އަޅުގަނޑުމެން ސްޓްރެޓަޖިކް އަމާޒަކާއެކު ކަސްޓަމަރުންގެ އެކްސްޕީރިއެންސް ރަނގަޅުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަލަށް އުފެދުނު ކަސްޓަމާ ސާވިސް ޑިރެކްޓަރުގެ މަގާމުން ދައްކުވައިދެނީ ބޭންކުން ކަސްޓާމާ ސާވިސް ސްޓޭންޑަޑު ރަނގަޅު ކުރުމަށް ކުރާ މަސައްކަތް. ގުލްޒާނެގެ ތަޖުރިބާއާއި އެކު ބޭންކަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް އަޅުގަނޑު ޔަގީންކުރަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖުން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވިއެވެ. 

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ބޭންކެވެ. އަދި އެ ބޭންކުގެ 99 ޕަސަންޓު މުވައްޒަފުންނަކީ ދިވެހިންނެވެ. 

ބީއެމްއެލް އިން ބުނީ އެ ބޭންކަށް މުވައްޒަފުން ނެގުމުގައި ގެންގުޅެނީ އެންމެ މަތީ ފެންވަރުގެ ސްޓޭންޑަޑުތައް ކަމަށެވެ. 

ގައުމީ ބޭންކަކީ އެ ބޭންކުގައި އެންމެ ރަނަގަޅަށް މަސައްކަތް ކުރާ މަވައްޒަފުންގެ އަގު ވަޒަންކުރުމުގައި ވެސް ލާމަސީލު ބޭންކެއްކަމަށް އެ ބޭންކުން ބުނެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް