ads
ރައީސް ޞާލިޙާއި ރީކޯ މޫސަ ބައްދަލުކުރައްވަނީ. ފޮޓޯ:މޫސަ/ޓްވިޓާ
ރައީސް ސޯލިހާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަނާއި ބައްދަލު ކުރައްވައިފި
އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު, އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) އާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހާި, ރީކޯ މޫސައަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. މީގެ ކުރިން ވެސް އެ ދެ ބޭފުޅުން އެކި މަންޒިލްތަކުން ބައްދަލު ކުރައްވައި, އެކަން މީޑިއާގައި ހިއްސާ ކުރައްވައެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަނިކުފާކު ހުންނެވީ ހެޔޮ ހާލުކޮޅުގައިކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

''‏ރައީސްގެ ސާޖަރީއަށްފަހު ހެޔޮ ހާލުކޮޅުގާ ބައްދަލުވެ ހާލު  އޮޅުންފިލުވައިލެވުނު. އިރާދަކުރެއްވީތީ ރަނގަޅުކަމާއި, ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމަށް ވިދާޅުވި.'' ރައީސް ސޯލިހާއިއެކު އިންނެވި ފޮޓޯއެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓުގައި މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ބައްދަލުވުމުގައި އިތުރު ވާހަކަތައް ވެސް ދެކެވުނު ކަމަށެވެ. އެ ގޮތުން އެމްޑީޕީ ކުރީގެ ފައުންޑަރެއްގެ ހައިސިއްޔަތުން, އޭނާ ޗެއާޕާސަންކަމަށް ތާއީދު ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށްކަމަށް ރައީސްގެ އަރިހުގައި ދެންނެވިކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ރައީސް ސޯލިހާއި މޫސަގެ މި ބައްދަލުވުން ޚާއްސަވީ ސާޖަރީއަށްފަހު ރައީސް ފެނިވަޑައިގަންނަވާ ފުރަތަމަ ފޮޓޯ އާންމުވީ މި ބައްދަލުވުމާއި ގުޅިގެންކަމަށްވާތީއެވެ. ތައިރޮއިޑް އޮޕަރޭޝަނެއް ކުރުމަށް ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ ފެބްރުއަރީ 23 ގައެވެ. އޮޕަރޭޝަން ކުރެއްވީ އެ މަހުގެ 25 ވަނަ ދުވަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް