ads
ކަމަށްވާ ތާޒާ ފެން--- ފޮޓޯ: ސަން
ޖަރާސީމު ހުރި ފެނެއް މާކެޓަށް ނެރެފައިނުވާނެ: އެމް ޑަބްލިއު އެސް ސީ
ޖަރާސީމު ހުރި ފެނެއް މާކެޓަށް ނެރެފައި ނުވާނެ ކަމަށް އެމްޑަބްލިއު އެސްސީން ބުނެފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވީ ކޮންމެ ދުވަހަކު ތާނގީތައް ޗެކްކުރާ ކަމަށާއި މަރުވެފައި އޮތް ކާޅެއް ތާނގީއަކުން ފެނިފައިވަނީ އެގޮތަށް ބެލިއިރުކަމަށެވެ. އެހެންނަމަވެސް ބެކްތީރިއާހުރި އެއވެސް ފެނެއް މާކެޓަށް ނެރެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެކުންފުނިން ބުނީ މިދިޔަ ހަފުތާގައި އުފެއްދި ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ފާހަގަކުރެވިގެން އެމައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.

އެކުންފުނިން އިތުރަށް ބުނީ ފެނުގެ ކޮންމެ ބެޗެއް ހެދުމަށްފަހު މާކެޓަށް ނުނެރެ 24 ގަޑިއިރު ބަހައްޓާކަމަށާއި އެއީ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ ކަމެއް ކަމަށެވެ.

ނަޖިސްހުރި ފެނެއް ކަސްޓަމަރުންނާ ހަމައަށް ނުފޯރާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް