ads
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެތެރެއިން. ފޮޓޯ: އެމްޑީޕީ
ފައްޔާޒު ބޭނުންވާ ގޮތަށް އިންތިޚާބު ބާއްވަން އެމްޑީޕީން ފާސްކޮށްފި
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އަންނަ ރޯދަމަހުގެ ފަހުން ބާއްވާ ގޮތަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން މިރޭ ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވީ ޗެއާޕާސަންގެ އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހާއި ގުޅޭ ގޮތުން ކެންޑިޑޭޓުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން އެކަމަށް ގޮތެއް ނިންމަން އެމްޑީޕީގެ އިންތިހާބާބެހޭ ކޮމިޓީން އެދުމުންނެވެ.

މީގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކުރީ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ އިތުރުން އަންހެނުންގެ ރޫހުގެ އިންތިހާބާއި, ޒުވާނުންގެ ހިތްވަރު އިންތިހާބު އަންނަ އޭޕްރީލްމަހުގެ 16 ގައި ބާއްވާ ގޮތަށެވެ. އެ ގޮތުން އިންތިހާބު އޮންނަ ދުވަސް ދިމާވަނީ ރޯދަމަހުގެ މެދުތެރެއަށެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ބޭނުންވެވަޑައިގަންނަވަނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ބޭނުންވެވަޑައިގަންނަވަނީ ރޯދައިގެ ކުރިއަށް ހެދުމަށެވެ.

މިރޭގެ ޖަލްސާގައި ފާސްވީ ފައްޔާޒް ބޭނުންވެވަޑައިގެންނެވި ގޮތަށެވެ.

އެ ގޮތުން ގައުމީ މަޖިލީހުން ފާސްކުރީ 14 މެއިގައި އިންތިހާބު ބާއްވާށެވެ. އެ ގޮތަށް އިންތިހާބު ފަސްކުރަން ފާސްކުރީ ގައުމީ މަޖިލީހުގެ 100 މެންބަރުންގެ ވޯޓާއެކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް